Wednesday, 19 June 2024

ރުހުން ނުދޭން އުޅެނީ ވަކި ބަޔަކު ރުއްސަން: ސަލީމް

ކެބިނެޓުން ތިން ވަޒީރަކަށް ރުހުން ނުދޭން އެމްޑީޕީން ނިންމާފައި ވަނީ، މަތިން އަންނަ އޯޑަރުތަކެއްގެ ތެރެއިންކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް) މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގައި 1:00 އަށް ތާވަލު ކުރި ޖަލްސާގައި ތިން ވަޒީރަކަށް ރުހުން ދޭން ނުފެންނަކަމަށް ފާސްކުރި އިރު އެއީ ބަންޑާރަ ނައިބުކަމަށް އަހުމަދު އުޝާމް އަދި، ހައުސިން މިނިސްޓަރުކަމަށް ޑރ. އަލީ ހައިދަރުގެ އިތުރުން އިސްލާމިކް މިނިސްޓަރުކަމަށް ޑރ. ޝަހީމް އަލީ ސައީދަށެވެ.

މި މައްސަލައިގައި މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި ސަލީމް ވިދާޅުވީ، ކެބިނެޓަށް ރުހުން ނުދީ ތިން މަސް ހިފެހެއްޓުމަށް ފަހު ޒާތީ ހަސަދަތަކެއްގެ ތެރެއިން ތިން ވަޒީރަކަށް ރުހުން ނުދޭން ނިންމާފައި ވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ. ރުހުން ނުދޭން ނިންމި ތިން ވަޒީރުންނަކީ ވެސް ދާއިރާގެ އިލްމު އުނގެނިގެން ތިބި، އަދި ކަމަށް ގާބިލު އެންމެ އެކަށީގެންވާ ބޭފުޅުން ނަމަވެސް ރުހުން ނުދޭން ނިންމާފައި ވަނީ ޖެއްސުން ކުރުމަށްކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދޭން އުޅޭތީ އެކަމާ ތަކުރާރުކޮށް އެމްޑީޕީގެ މެމްބަރުންނާ ވާހަކަ ދެއްކެވިކަމަށާއި، އެއްވެސް މަގުބޫލު ސަބަބެއް ނެތި އެގޮތަށް ހަމަ ނިންމެވީކަމަށް ބައެއް މެމްބަރުން ވިދާޅުވެފައިވާ ކަމަށެވެ.

ސަލީމް ވިދާޅުވީ އެމްޑީޕީގެ މެމްބަރުން އެގޮތަށް ނިންމާފައި ވަނީ، ވަކި ބަޔަކު އެގޮތަށް ބޭނުންވެގެން އެންގި ގޮތަށް ވޯޓު ދިނުމަށެވެ.

ތިން ވަޒީރުންނަށް ރުހުން ނުދިނީ ސަަލީމް ވިދާޅުވީ ގޮތުގައި މަޖިލީހުގެ މެމްބަރުންނަށް ވުރެ ބޮޑަށް އެމްޑީޕީގެ ލީޑާޝިޕުން އެގޮތަށް ބޭނުންވާތީއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު