Saturday, 22 June 2024

ޑިމޮކްރެޓްސްގެ ޕްރައިމަރީގައި ވާދަކުރަނީ ހަމައެކަނި 46 ކެންޑިޑޭޓުން

އަންނަ މާރިޗު މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި 46 މީހަކު ޕާޓީގެ ޓިކެޓް ހޯދުމަށް ހުށަހަޅާފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ.

ދަ ޑިމޮކްރެޓްސްއިން ވަނީ އެ ޕާޓީގެ ޓިކެޓުގައި މަޖިލިހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 4 ވަނަދުވަހު ހުޅުވާލާފައެވެ.

މީގެކުރިން ޑިމޮކްރެޓްސްއިން ހާމަކުރައްވާފައިވަނީ، ވަނީ މަޖިލިސް އިންތިހާބުގައި މެމްބަރުން އިންތިހާބުކުރުމަށް ހަމަޖެހިފައިވާ 93 ދާއިރާއަށްވެސް އެ ޕާޓީން ވާދަކުރާނެކަމަށެވެ. ނަމަވެސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އާދީއްތަދުވަހު ހަމަވިއިރު، ޓިކެޓް ހޯދުމަށް އެދި ހުށަހެޅީ 41 ދާއިރާއަކަށް 46 ކެންޑިޑޭޓުންކަމަށާއި، އޭގެތެރޭގައި ހިމެނެނީ 13 އަންހެނުންނާއި 33 ފިރިހެނުންކަމަށް ޑިމޮކްރެޓްސްއިން ވިދާޅުވެއެވެ.

ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް އެދި، އެންމެ މެމްބަރަކު ކުރިމަތިލާފައިވާ ދާއިރާތަކުގެ ޓިކެޓް ބައެއް ފަރާތްތަކަށް ކަށަވަރުވެފައިވާކަމަށާއި، އަދި، އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކުގައި ބާއްވާ ޕްރައިމަރީ އަންނަ މަހުގެ 3 ވަނަ ދުވަހު އޮންނާނެކަމަށްވެސް އެ ޕާޓީން ވިދާޅުވެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު އޮންނަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ.

ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީއާ ދެމެދު އުފެދުނު ދެބަސްވުންތަކުގެ ތެރެއިން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި ޕާޓީއެކެވެ. އަދި މިއީ އެޕާޓީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު