Saturday, 15 June 2024

ރުހުން ނުދޭން ނިންމި ވަޒީރުން އަލުން އައްޔަންކޮށް، ނަން ނުފޮނުވޭނެކަމަށް ލަފާ ލިބިފައިވޭ: އެމްޑީޕީ

އިއްޔެ ރުހުން ނުދޭން ނިންމި ވަޒީރުން އަލުން އެ މަގާމަށް އައްޔަނުކޮށް، މަޖިލީހުގެ ތަޅުމަށް އަލުން އަނބުރާ ނުފޮނުވޭނެކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ލަފާ ދީފައިވާކަމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ވަޒީރުން އަލުން އައްޔަނު ކުރުމާއި ގުޅޭގޮތުން އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަޝީދު ވިދާޅުވީ، ފެންނަނީ ތިން ބާރުގެ ތެރެއިން އެއްބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތް ކަމަށެވެ.

އެއީ ދުސްތޫރީ ހަޔާތުގައި އަނދިރި ދުވަސްތަކެއްގެ ގޮތުގައި ސިފަކުރައްވައި ރަޝީދު ވިދާޅުވީ މަޖިލީހުގެ ކަރަންޓު ވަޔަރުތައް ވަކިކޮށް، މައިކަށް ގެއްލުން ދިނުމަކީ އުސޫލާއި ގަވައިދާ ހިލާފު އަމަލެއް ކަމަށެވެ.

މަޖިލީހުގެ ރިޔާސަތަށް ފުރުސަތު ނުދިމުގެ ގޮތުން މަޖިލީހުގެ ސަރުކާރު މެމްބަރުން ކެންޑިނޭޅި މަސައްކަތް ކުރަމުން ދިޔައިރު، ދައުރުން ބޭރުން ވަޒީރުންނަށް ރުހުން ދޭން މަސައްކަތް ފެށުމުން ވެސް އެކަމަށް ވެސް އެޅީ ހުރަސްކަމަށް ރަޝީދު ވިދާޅުވިއެވެ.

އޭގެ ކުރިން އެކި ގޮތްގޮތުން އެމްޑީޕީއަށް އެ މައްސަލައިގައި ފާޑުކިއުން އަމާޒުވިކަމަށާއި، ޕާޓީގެ ޕާލިމަންޓު ގުރޫޕުގެ މަޝްވަރާތަކަށް ފަހު ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމީ ސަބަބުތަކަށް ރިއާޔަތް ކުރުމަށް ފަހުކަމަށް އޭނާ ވިދާޅުވިއެވެ.

“ބައެއް ވަޒީރުންނަށް ރުހުން ނުދޭން ފާސްވުމުން، ސަރުކާރުން މި ނިންމެވީ އެ ވަޒީރުންނަށް އަލުން މަގާމު ދެއްވުމަށް ފޮނުވަންކަމަށް އެނގިފައި އޮތީ… އެކަމަކު ގާނޫނު ހަދާ މަޖިލީހުން، ގާނޫނު ހަދަން ތިބި މީހުންނާއި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ބައްދަލުވުމެއްގައި އަޅުގަނޑުމެން ވެސް ބައިވެރިވިން، އެ މަޖިލީހުގައި ކައުންސިލް ޖެނެރަލް ވެސް ވަރަށް ސާފުކޮށް ވިދާޅުވި ރުހުން ނުލިބުނު ވަޒީރުންގެ ނަންތައް އަލުން އަނބުރާ ނުފޮނުވޭނެކަމަށް” ރަޝީދު ވިދާޅުވިއެެވެ.

މި މައްސަލައިގައި އަމަލު ކުރާނެ ގޮތަކާއި މެދު ގޮތް ނިންމާނީ، ރަޝީދު ވިދާޅުވި ގޮތުގައި މަޝްވަރާއަށް ފަހު ޕާލިމަންޓު ގުރޫޕަށް އެއްވެސްވެވޭ އަދި އެންމެ ރަނގަޅު ގޮތަށް ބެލުމަށް ފަހު އެވެ.

އެކަމަކު އޭގެ ފަހުން އިއްޔެގެ އިރުއޮއްސުނު ފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަ އެބޭފުޅުން އަލުން މަގާމުތަކަށް އައްޔަނު ކުރައްވައި ފަތްކޮޅު އަރުވާފަ އެވެ. އަލުން ވަޒީރުންނަށް މަގާމުގެ ހުވާކުރެވިދާނެ ތޯ، ގާނޫނީ ގިނަ ސުވާލުތަކެއް އުފެދިފައި ވަނިކޮށް ރައީސުލްޖުމްހުރިއްޔާ އަޒުލު ކުރުމުގައި އަމަލު ކުރާނެ ގޮތާއި މެދު ގަވައިދަށް ގެނައި އިސްލާހު ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް އާދީއްތަ ދުވަހު ތާވަލު ކުރުމުން އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި، ޑިމޮކްރެޓްސް ނިންމާފައި ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށެވެ. އެކި ފަހަރު މަތީން ވޯޓު ނެގުން ތާވަލުކޮށްގެން ހިނގައިދިޔަ ހަމަނުޖެހުންތަކުގައި މެމްބަރުން ވަނީ ބަންޑާރަ ނައިބުކަމަށް އަހުމަދު އުޝާމް އަދި، ހައުސިން މިނިސްޓަރުކަމަށް ޑރ. އަލީ ހައިދަރުގެ އިތުރުން އިސްލާމިކް މިނިސްޓަރުކަމަށް ޑރ. ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ނިންމާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ލަފާދިނީ ލިޔުމުންތަ ނޫނީ އަނގަބަހުންތަ ބުރޯ އެއްވެސް ޤާނޫނެއްގައި ލިޔެފައިނެތް ދެވަނަ ފަހަރަށް އައްޔަން ނުކުރެވޭނޭ އެކަމަކު ކަލޯމެންގެ ރުހުން ނުލިބުނަސް ދެން އަންނަ މަޖިލީހަކުން ރުހުންވެސް ހޯދާނެ އަދިރި ދުވަހަކީ މުޅި މަޖިލިސްގައިވެސް ތައުލީމީގޮތުން ޑރ.ޝަހީމްއާއި ފައިތިލަ ސާބިތުކޮށްލެވޭނެ އިއްޒަތްތެރި ނގބޅ މެމްބަރެއް ނެތް ދެން އަނގަނުތަޅާ ސަބަބު ބަޔާންކުރޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު