Monday, 16 September 2024

މަޖިލީހުގެ މެންބަރުންގެ ޢަދަދު ކަނޑައެޅުމާ ގުޅޭގޮތުން ގެނައި އިޞްލާހު ބާޠިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު އަޒުލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރަނީ، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒަލުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންކަމަށެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.

ޤާނޫނު އަސާސީގައި މިހެން އޮއްވައި، މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ގެނައި އިޞްލާހުގައި ވަނީ މަޖިލީހުގެ އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ އެ ދާއިރާއެއްގެ ގޮނޑި ދެން ނުގުނާނެކަމަށެވެ. އެހެންކަމުން ސަރުކާރުގެ އެކި މަޤާމުތަކަށް ވަޑައިގަތުމަށް 7 މެންބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެން މިހާރު މަޖިލީހުގައި ތިބި ޖުމްލަ މެމްބަރުންގެ އަދަދަކީ 80 ކަމަށް މަޖިލީހުން ވަނީ ކަނޑައަޅާފައެވެ. މިއާއެކު ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން އަޒުލްކުރަން ބޭނުންވާ ވޯޓުގެ ޢަދަދު ވަނީ 54އަކަށް ދަށްވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް މި ގެނައި ބަދަލާއި ގުޅިގެން ބަންޑާރަ ނާއިބު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ކަނޑައެޅުމާ ގުޅޭގޮތުން ގެނައި އިޞްލާޙު ބާޠިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައަޅާފައެވެ.

މިކަމާ ގުޅޭގޮތުން ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ، 18 ޑިސެންބަރުގައި މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާހުގައި "މަޖިލީހުގެ ޖުމްލަ މެންބަރުން" މި ޢިބާރާތައް ދީފައިވާ މާނަކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު މާނަކުރުމެއް ކަމަށެވެ.

އެހެންކަމުން، "މަޖިލީހުގެ ޖުމްލަ މެންބަރުން" މި ޢިބާރާތަށް އެ މަޖިލީހުން މިހާރު ދީފައިވާ މާނަކުރުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ، އެއްވެސް ސަބަބަކާ ގުޅިގެން މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުހިމެނޭ ގޮތަށް ކަނޑައަޅާފައިވާ އަދަދެއް ކަމަށާއި، މިއީ ޤާނޫނު އަސާސީގައި ބުނާ އެ މަޖިލީހުގެ ޖުމްލަ އަދަދާ ޚިލާފު މާނަ ކުރުމެއްކަމަށް ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލާގައިވެއެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލަ ބަލައިގަތުމާ މެދު އެކޯޓުން އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރަނީ، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒަލުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންކަމަށެވެ. މެމްބަރުންގެ އަދަދު ޤާނޫނުން ކަނޑައަޅަނީ އިލެކްޝަން ކޮމިޝަނުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ. ޤާނޫނު އަސާސީގައި ކަޅާހުދުން މުތުލަގަށް ލިޔެފައިވާ އަދަދަކަށް ޤަވައިދަކުން ބަދަލެއް ނުގެނެވޭނެ ކަމީ އެންމެންދަންނަކަމެއް އަދި އެޤަވައިދަކީ ބާތިލް އެއްޗެއްކަމަށް ބުނިކަމުގައިވިޔަސް އެޤަވައިދު ބާތިލް ކުރާނީ ސްޕްރީމް ކޯޓުން. މިހެންވާނީ ޤާނޫނީ ދާއިރާގެ މީހުންނޫން މަޕާޓީއޭ ކިޔާ ނުކިޔަވާތިބި އަނޑުގަދަ މީހުން ހޮވަންޏާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު