މާޗު 1 ގައި ރާއްޖެ އާއި ލަންކާއާ ދެމެދު އެއަރ އެންބިއުލެންސްގެ ޚިދުމަތް ފަށަނީ

އަންނަ މާޗު މަހުން ފެށިގެން ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އެއަރ އެންބިއުލޭންސްގެ ޚިދުމަތް ފަށަން ނިންމައިފިއެވެ.

ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން ކޮލޮމްބޯއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި، އެ ޤައުމުގެ ޕޯޓްސް، ޝިޕިން އަދި އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕަލާ ދި ސިލްވާއާ ބައްދަލުކުރެއްވުމަށްފަހު ސިރިޕަލާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބައްދަލުވުމުގައި ރާއްޖޭގައި ހިނގާ ހާދިސާތަކުގައި އަނިޔާވާ މީހުން ކުއްލި ފަރުވާއަށް ލަންކާއަށް ގެންދިއުމާ ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރެއްވި ކަަމަށެވެ.

އަދި މިނިސްޓަރު އަމީންއާ ހަވާލާދީ އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ހުރިހާ މެޑިކަލް އިވެކުއޭޝަން ފްލައިޓުތަކެއް އިންޑިއާއަށް ކުރަމުން އައި ނަމަވެސް، ލަންކާގެ ކުއްލި ފަރުވާގެ ފެންވަރު ރަނގަޅުވުމުން ބަލި މީހުން ލަންކާ ހޮސްޕިޓަލުތަކަށް ފޮނުވަން ދިވެހި ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

އެހެންކަމުން، އެކަމަށްޓަކައި ސުރީލަންކާ ސަރުކާރުން ދޭން ޖެހޭ ހުރިހާ ހުއްދައެއް އޭނާ ދީފައިވާނެ ކަމަށާއި އެއަރ އެންބިއުލޭންސްގެ ހިދުމަތަށް ކަޓުނެޔޭކް އެއާޕޯޓުގައި ޚާއްސަ ޔުނިޓެއް ގާއިމްކުރަން މިހާރު އަންގާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި އަންނަ މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ޚިދުމަތް ފެށުމަށް އެއްބަސްވެފައިވާ ކަމަށްވެސް ހާމަކުރައްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު