ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްއަށް ތޫނު އެއްޗަކުން ހަމަލާ ދީފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހަމަލާ ދީފައިވަނީ މާލޭގައެވެ.
ފުލުހުން ވިދާޅުވީ އޭޑީކޭގައި މިހާރު ޝަމީމްއަށް ފަރުވާ ދެމުން އަންނަ ކަމަށާއި، މިހާ ތަނަށް ބެލި ބެލުމުން މިއީ ތޫނު އެއްޗަކުން ދީފައިވާ ހަމާލާއެއް ނޫން ކަން އެނގިފައިވާ ކަމަށެވެ.
މި މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.