29 އެޕްރީލް 2025

ޕީޖީ ޝަމީމަށް ހަމަލާ ދިނީ ސިޔާސީ މަޤްސަދެއްގައިކަމަށް ރައީސް ޞާލިޙް ވިދާޅުވި ސަބަބު އޮޅުންފިލުވައިދޭން އެދިއްޖެ

ޕްރެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށް މިއަދު ބަޔަކު ދިން ހަމަލާގެ ފަހަތުގައި ސިޔާސީ މަޤްސަދެއްވާކަމަށް ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހު ވިދާޅުވުމުން އެމަނިކުފާނާ މައްސަލައިގައި ސުވާލު ކުރުމަށް ނިންމައިފިއެވެ.

ޝަމީމަށް ދިން ހަމަލާ ކުށްވެރިކޮށް ރައީސް ޞާލިޙް ވިދާޅުވެފައި ވަނީ ސިޔާސީ ގޮތުން ދޭ މިފަދަ ހަމަލާތަކަށް ޑިމޮކްރެޓިކް ވެއްޓެއްގައި ޖާގަ ދެވިގެން ނުވާނެ ކަމަށެވެ. އަދި ފުލުހުން އެންމެ ޚާއްސަ އިސްކަމެއް ދީގެން މި ހަމަލާގެ ތަހުގީގު ކުރިޔަށް ގެންދަން ސަރުކާރުން ބާރު އެޅުމަށް ގޮވާލެއްވިއެވެ.

އެކަމާ ގުޅިގެން ރައީސް ޞާލިހު މިހެން ވިދާޅުވުމުން، ހޯމް މިނިސްޓަރު އިހުސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ހަމަލާގެ މައުލޫމާތު ރައީސް ޞާލިހަށް އެނގިލައްވާކަމަށް ބެލެވޭތީ ސުވާލު ކުރުމަށް އޮފިސަރުންނަށް ދަންނަވާފައިވާ ކަމަށެވެ.

ހަމަލާ ކުށްވެރި ކުރައްވައި ރައީސް ޞާލިހު ޓުވީޓު ކުރެއްވުމުން، އަހުސާން ވިދާޅުވީ އެމަނިކުފާނުގެ ޓުވީޓުން ހަމަލާގެ މައުލޫމާތު އެނގިލައްވާކަމަށް ދޭހަވާ ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު ހިއްސާކޮށްދޭން އެދިވަޑައިގަންނަވާކަމަށާއި، ހަމަލާގެ ފަހަތުގައި ވަނީ ކޮން ބައެއްކަމާއި އޭގެ މަގްސަދު އެނގިލައްވާ ނަމަ ހިއްސާ ކުރެއްވުމަށް އެދޭ ކަމަށެވެ.

އެހެންކަމުން އެކަމުގައި އެއްބާރުލުން ދެއްވަން އިޙްސާން އެދިވަޑައިގެންނެވިއެވެ.

ޕީޖީ ޝަމީމަށް ދެވުނު ޙަމަލާއަކީ ސިޔާސީ ގޮތުން ދެވުނު ޙަމަލާއެއް: ޞާލިޙް

ޕީޖީ ޝަމީމަށް ހަމަލާ ދިން މައްސަލައިގެ މާބޮޑު ތަފްސީލެއް އަދި ނުލިބެއެވެ. ފުލުހުން ބުނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ހަމަލާ ދީފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބައެއްކަމަށާއި ބޭނުންކޮށްފައި ވަނީ ތޫނު އެއްޗެއް ނޫން ކަމަށެވެ.

މިއީ ސިޔާސީ ހަމަލާއެއްކަމަށް ސިފަކޮށް، އެމްޑީޕީން ވެސް ބަޔާނެއް އާންމު ކުރިއެވެ. އަދި ޑިމޮކްރެޓްސް ޕާޓީން ވަނީ ފުލުހުންގެ ތަހުގީގަށް ފާރަވެރިވުމަށް ރައްޔިޔުތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ހުށަހަޅާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު