އަވައްޓެރި އިންޑިއާގެ ސިފައިންތަކެއް ބޯޓެއްގައި ދިވެހިރާއްޖޭގެ މަސް ދޯންޏަކަށް އެރިކަމަށް ބެލެވޭތީ އެކަމާއި މެދު ފިޝަރީސް މިނިސްޓަރު އަޙްމަދު ޝިޔާމް ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދުގައި ވަނިކޮށް، ބޭރުގެ އަސްކަރިއްޔާގެ ބޯޓެއް އެރިކަމުގެ މައުލޫމާތު ލިބުނުކަން ހާމަކުރީ އެމްއެންޑީއެފުންނެވެ. އެމްއެންޑީއެފުން ވިދާޅުވީ، ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން މަސްދޯންޏަށް އެރިކަމުގެ ރިޕޯޓު ލިބިގެން އެ ދޯނި އޮތް ސަރަހައްދަށް ދަތުރު ކުރަމުންދާ ކަމަށެވެ.
ސިފައިން އެރުން ކުށްވެރި ކުރައްވައި ޝިޔާމް ވިދާޅުވީ އަސުރުމާ-3 ދޯނި ހއ. ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ބޭރު ޤައުމެއްގެ އަސްކަރީ އުޅަނދަކުން އަސުރުމާ 3 އަށް އަރައި ފަޅުވެރިންނާ ސުވާލު ކުރިކަމަށެވެ.
މިނިސްޓަރ ވިދާޅުވިގޮތުގައި އުޅަނދު ހަރަކާތްތެރި ވަމުން ދިޔައީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިކަން މިނިސްޓްރީގެ ވެސަލް މޮނީޓަރިންގ ސިސްޓަމްއިން ކަށަވަރުވެއެވެ. އަދި މިހާދިސާއާ ގުޅިގެން ކޯސްޑްގާޑާއި އުޅަނދުގެ ވެރިފަރާތާއި އެކު ގާތުން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަސުރުމާ-3 ދޯނި ހއ .ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ބޭރު ޤައުމެއްގެ އަސްކަރީ އުޅަނދަކުން އަސުރުމާ 3 އަށް އަރައި ފަޅުވެރިންނާ ސުވާލުކޮށްފައިވާކަމީ އަޅުގަނޑު ނުހަނު ކަންބޮޑުވާ ކަމެކެވެ. މިއުޅަނދު… pic.twitter.com/DPaNFRWa8z
— Ahmed Shiyam (@Shiyamaldives) January 31, 2024
ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެއީ އދ. މަހިބަދޫގެ މަސްދޯންޏެއްކަމަށް ވާ އަސުރުމާ 3 ނަމަކަށް އުޅަނދެކެވެ.
ސޯޝަލް މީޑިއާގައި ޙިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މަސް ދޯންޏަށް އަރާފައި ވަނީ އިންޑިއާ ނޭވީ ސިފައިންނެވެ.