ރައީސް ނަޝީދު ގާނާއަށް ދިރިއުޅުން ބަދަލުކުރައްވައިފި

ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވަގުތީ ގޮތުން ދިރިއުޅުން ގާނާ އަށް ބަދަލުކުރައްވައިފިއެވެ.

މަޖިލީހުގެ ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ގާނާގެ އަކްރާ އަށް ދިރިއުޅުއްވުން ބަދަލުކުރެއްވީ ސީވީއެފްގެ ސެކްރެޓޭރިއެޓް ހުންނަނީ އެ ގައުމުގައި ކަމަށް ވާތީ ކަމަށެވެ.

ރައީސް ނަޝީދު ވަނީ ސިޔާސީ މަސައްކަތްތަކާ މިދިޔަ މަހުގެ ތެރޭގައި ދުރަށް ވަޑައިގެންފައެވެ.

ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ނަޝީދު ހަމަޖެއްސީ މިދިޔަ މަހުގެ ކުރީކޮޅުއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށީގެ އެކި މައްސަލަތަކަށް ވަކާލާތު ކުރަން އުފެއްދި ސީވީއެފަކީ ރާއްޖެ ވެސް އިސްކޮށް އޮވެގެން އަދި ނަޝީދު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ދުވަސްވަރު 2009 ގައި އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ. މެންބަރު ގައުމުތަކުގެ އަދަދު މިހާރު 55 އަށް އަރައެވެ.

އޭގެތެރޭގައި އޭޝިޔާ، އެފްރިކާ، ކެރީބިއަން، ލެޓިފް އެމެރިކާ އަދި ޕެސިފިކް ސަރަހައްދުގެ ޤައުމުތައް ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު