2021 ވަނަ އަހަރުން ފެށިގެން މިހާތަނަށް، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކުގައި ދިވެހިންގެ އަތުން 57 މިލިއަންވުރެ ގިނަ ރުފިޔާ ގެއްލިފައިވާކަމަށް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕަރޓްމަންޓްއިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބަލާއިރު މިކަމުގައި ބީއެމްއެލްގެ އިހުމާލު ވަރަށް ބޮޑަށް ފާހަގަވެގެންދެއެވެ. ޒަމާނާ ގުޅޭގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީ ކުރިއަރަމުން އަންނައިރު، އެއާ އެއްވަރަށް ފައިހަމަކުރުމަށްޓަކައި، ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، ބީއެމްއެލްއިން އެކަށޭނަ މަސައްކަތްތަކެއް ކުރަމުން ނުދާކަން ފާހަގަވެއެވެ. އަދި ރައްޔިތުންގެ އަތުން ގެއްލިގެންދާ ފައިސާ ރިކަވަރކުރަން އެކަށީގެންވާ ޤާނޫނެއް ވުޖޫދުކުުރެވިފައި ނެތްއިރު އެކަމުގައި ބީއެމްއެލްގެ ޓެކްނިކަލް ލަފާ އެންމެ ފުރިހަމައަށް ފޯރުކޮށްދެމުންދާ ކަމާމެދުވެސް ސުވާލު އުފެދެއެވެ.
ފުލުހުންގެ މަސައްކަތުން ކޮންމެވެސް މިންވަރަކަށް ގެއްލިފައިވާ ފައިސާ ހޯދޭ ކަމަށްވެސް އާންމުން ފާހަގަކުރަމުން ދެއެވެ.
މިކަން ހާމަކުރައްވައި، އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިން ބައްދަލުކުރެއްވުމުގައި ފުލުހުން ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް އެކަނިވެސް 27 މިލިއަން ރުފިޔާ ރައްޔިތުންގެ އަތުން ގެއްލިފައިވާކަމަށެވެ. ބޭންކުތަކާއި ފުލުހުންނާއި ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ކުރި މަސައްކަތުން ހޯދިފައިވަނީ މީގެތެރެއިން މިލިއަނެއްހާ ރުފިޔާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ހެޑް އޮފް އިކޮނޮމިކް ކްރައިމް ޑިޕަރޓްމަންޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، 2021 ވަނަ އަހަރުން ފެށިގެން މިކަމާއި ގުޅޭ ރެކޯޑްތައް ބަލަހައްޓަން ފެށިފަހުން، އޮޅުވާލައިގެން ފައިސާ ހޯދުމުގެ 28،003 މައްސަލަ ފުލުހަށް ހުށައަޅާފައިވާކަމަށެވެ. މި މައްސަލަތަކުގައި ގެއްލިފައިވާ ފައިސާގެ ޖުމްލަ 57 މިލިއަނުން މައްޗަށް އަރާކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ. މީގެތެރޭގައި 64ލައްކަ ޑޮލަރުވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
2023 ގައި މައްސަލަ މަދުނަމަވެސް، ގިނަ ފައިސާ ފޭރިފައިވަނީ އެ އަހަރު ކަމަށާއި، މީގެތެރޭގައި ގިނައީ އެކައުންޓް ހެކްކޮށްގެން އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކޮށްގެން ގެއްލިފައިވާ ފައިސާކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކުރާ ސްކޭމްގެ ތެރޭގައި ފްލެޓާއި ބިމާއި ގުޅޭ ފައިސާގެ މުޢާމަލާތާއި، އެކި ކަހަލަ ޕްރޮމޯޝަންތައް ހިންގުމުގެ ނަމުގައާއި އޮންލައިން ވިޔަފާރިތަކާއި ޑޮލަރުގެ މުވާމަލާތްތައްތަކުން އޮޅުވާލައިގެން ފައިސާ ހޯދުން ހިމެނޭކަމަށާއި، ސްކޭމްގެ މައްސަލަތައް އަވަހަށްށް ދެނެގަނެ، މިފަދަ މައްސަލަތަކަށް ކަމާގުޅުންހުރި އިދާރާތަށް ގުޅިގެން ޙައްލުކޮށްދުމަށް "ސްކޭމް ސެންޓަރ"އެއް ޤާއިމުކުރުމަށް ނިންމަވާފައިވާކަމަށާއި، މަހު އެ މަސައްކަތް ފަށާ، މިއަހަރުގެ ތެރޭގައި ސެންޓަރު ޤާއިމުކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
މި ސެންޓަރު ޤާއިމުކުރުމުްނ މައްސަލަ އަވަހަށް ދެނެގަނެވި، ފައިސާ ރިކަވަރ ކުރުމަށް އަވަސް ފިޔަވަޅުތައް އެޅޭނެ ކަމަށާއި، މިފަދަ ބޮޑެތި ސްކޭމްތައް ހިނގަން އުޅޭކަން ކުރިއާލާ ދެނެގަނެވި، ފިޔަވަޅު އެޅުން އަވަސްވެގެންދާނެ ކަމަށްވެސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
ބީއެމްއެލްގެ އިހްމާލު މިކަމުގައި ވަރަށް ބޮޑަށް އޮންނަކަން ފާހަގަވާއިރު، ސްކޭމްގެ މައްސަލަތަކަށް އާއްމުން ހޭލުންތެރިކުރުމަށްވެސް ފުލުހުން އަންނަނީ ގިނަ މަސައްކަތްކެއް ކުރަމުންނެވެ. އެގޮތުން ނެބަހުޑް ޕޮލިސްގެ އެހީގައި މަޢުލޫމާތު ޙިއްސާކުރުމާއި އަދި ހޭލުންތެރިކަން އިތުރުކުރުމުގެ އެކިކަހަލަ ޕްރޮގްރާމްތައް ބޭންކްތަކާއި ގުޅިގެން ހިންގުން ހިމެނެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ތިތަނެއް ހެދިއަސް ގުޅެން ހުއްނާނީ އަެއްމެ ނަމްބަރެއް. ވަގުން ފައިސާކޮޅު ނަގާ ހުސްކުރާއިރުވެސް ތިތަނުން އޮއްނާނީ ޖަވާބެއް ނުލިބި. މިސާލަކަން ދިވެހި ރާއްޖޭގެ ފެމިލީ ކޯޓް ގުޅެން ހުއްނާނީ އެއްމެ ނަމްބަރެއް ދެމަސް ދުވަސް ވެގެންދާއިރު އެތަނުގެ ފޯނުލައިނުގެ ކިޔުބޮޑުކަމުން ނުގުޅި ކުރަންޖެހޭ ކަންކަން ނުކުރެވި ތިބެން މިޖެހެނީ. ހަމަމިވަރު ވާނީ
ފުލުހުން އިހްމާލްކޮބާ މައްސަލަ ހުށައަޅާފަވާތާ އެއްއަހަރު ލިބޭހަމައެކަނި އަދާހަމައަކީ އައިއޯ ބަދަލުވިކަމުގެ އެސްއެމްސް މެސެޖު ގުޅާލީމަ މިވަގުތު ބޭރުގަ އޮފިހަށް ވަދެފައަދާހަމައެއް ދޭނެކަމަށް. އެހިސާބުން އެކަން އެނުމުނީ.
ތިޔަ ފައިސާތައް ނެގީ އެމްޑިޕީ މީހުން ބޭންކަށް ލާފަ ހުރީ ޑިޕްލޮމާ ފެންވަރު މީހެއް އިބޫމެން ލާރިކާންވެގެން ހަދައިގެން އުޅުނުގޮތެއް