ހުކުރު ޚުޠުބާތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ހުކުރު ޚުޠުބާތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް، ޗާޕުކޮށް ރާއްޖޭގައި ދިރިއުޅޭ ބޭރު ޤައުމުތަކުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް ލިބޭނެ ގޮތް މިހާރު ހަމަޖއްސާފައިވާކަމަށެވެ.
އިސްލާމްދީނަކީ ޢާލަމީ ރިސާލަތެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އިސްލާމީ މެދުމިންކަމުގެ މަންހަޖާއި ޞައްޙަ މައުލޫމާތު މުސްލިމުންނަށް ފޯރުކޮށްދިނުމަކީ ނުހަނު ބޭނުންތެރިކަމެއްކަން ފާހަގަކުރައްވައި، ހުކުރު ޚުޠުބާ އިނގިރޭސި ބަހަށް ތަޖުރަމާކުރަމުންދާނީ ބޭރުން ބަޔަކާ ޙަވާލުކޮށްގެން ނޫންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. ހަމައެހެންމެ މިކަން ކުރާނީ އެ ވުޒާރާގެ ވާޢިޒުން މެދުވެރިކޮށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ހުކުރު ޚުޠުބާތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް، ޗާޕުކޮށް ރާއްޖޭގައި ދިރިއުޅޭ ބޭރު ޤައުމުތަކުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް ލިބޭ ގޮތް ހަދައިފިން. އިސްލާމްދީނަކީ ޢާލަމީ ރިސާލަތެއް.👇👇 pic.twitter.com/thPzYps2AP
— Mohamed Shaheem Ali Saeed (@Mohamedshaheem1) January 31, 2024
މީގެ އިތުރުން، ހުކުރު ޚުޠުބާތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް، ޗާޕުކޮށްގެން ނެރެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާއިރު، ކުރިއަށްއޮތްތާނގައި އޮންލައިންކޮށްވެސް އިނގިރޭސި ތަރުޖަމާ ލިބޭނެ ގޮތް ހަދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.