25 ޖަނަވަރީ 2025

މޯދީއަށް ހިތުހުރި އެއްޗެއް ކިޔަންޏާ އަދި މާގިނަ ގޮތް ވާނެ: ނަޝީދު އަންއޮފިޝަލް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހިތުހުރި އެއްޗެއް ކިޔަންޏާ އަދި މާގިނަ ގޮތް ވާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ އިއްޔެ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އިންޑިއާ ސިފައިންގެ އުޅަނދުތަކެއް ވަދެ ދިވެހި މަސްދޯނިތަކަކަށް އަރާފައިވާ މައްސަލައާ ގުޅިގެންނެވެ. އެ މަސްދޯނިތަކަށް އަރައި އިންޑިއާ ސިފައިން ހޯދަން އުޅުނީ އެ ދޯނިތަކުގައި ބޭނުންކުރާ ސެޓްލައިޓު ފޯނު ނަންބަރުތަކެވެ.

އެ ފޯނު ނަންބަރު ނުދިނުމުން އިންޑިއާ ސިފައިންވަނީ އެއިން އެއް ދޯނިކަމަށްވާ އަސުރުމާ-3 ގައި ތިބި ފަޅުވެރިންނަށް ބިރުދައްކާފައިކަމަށް އެ ދޯނީގެ ކެޔޮޅާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ނަޝީދު މިހެން ވިދާޅުވީ އިއްޔެ އެކްސްއަށް އެމަނިކުފާނުގެ ނުރަސްމީ އެކައުންޓު "އެމްއެން އަންއޮފިޝަލް" އިން ރައްދެއްގައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮތް މަސްދޯންޔަކަށް އިންޑިއާ ސިފައިން އެރިކަމަށް ބުނެ އެކަމާއި ނުރުހުންފާޅުކޮށް މީހަކު ކުރި ޕޯސްޓަކަށް ރައްދުދެއްވަމުން ނަޝީދު ވިދާޅުވީ، އެ މައްސަލައާއި ދޭތެރޭ ރަނގަޅަށް ވިސްނަންޖެހޭކަމަށެވެ.

“ނުފޯރާ ފޮތިން ފޫގަޅަން އުޅުނީމަ ފެންނާނީ އޮރިޔާން.“ ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑަށް ޗައިނާގެ 'ސްޕައި' ބޯއްޓުފަހަރު ގެނެސް، މޯދީއަށް ހިތުހުރި އެއްޗެއް ކިޔަންޏާ މިއަށްވުރެ މާގިނަ ގޮތްގޮތް ވާނެކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މިވަރުގެ ލަދުހަޔާތް ކުޑަ ގައުމައް ޣައްދާރުވި،ޣައްދާރުވަމުން ދާ ވެރިޔަކު މި ގައުމުގައި ވެރިކަން ކޮއްފައިނުވޭ. މީނައަކީ މި ގައުމައް ޚިޔަނަތްތެރިވި، އަދި ޚިޔާނަތްތެރި ވަމުންދާ ޚާއިނެތް. ޤައުމުގެ މަސްލަހަތައްވުރެން އަމިއްލަ މަސްލަހަތާ ފައިދާއއައް މަސައްކަތްކުރާމީހެއް. މީނަގެ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމައް ގާނޫނު އަސާސީ އާއި ގާނޫނުތަކައް ގޮންޖެހުމައް ފަހު ދިވެހި ރައްޔިތުންނައް ވަގައް އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބި ޚާއިނެތް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު