ނޭޝަންވައިޑް ކާގޯ ސްޓަޑީއެއް ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގައި އެންމެގިނަ ޑޮމެސްޓިކް އެއަރޕޯޓް އޮޕަރޭޓްކުރާކުންފުނި އާރް.އޭ.ސީ.އެލްއިން ނޭޝަންވައިޑް އެއަރކާގޯ ދިރާސާއެއް ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއާއި އެއްކޮށް އެމް.ޔޫ.އޯއެއްގައި ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކުރުން އޮތީ 1 ފެބްރުއަރީ 2024 ވީ ބުރާސްފަތި ދުވަހު މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ކޮންފެރެންސް ހޯލުގައެވެ.

އާރް.އޭ.ސީ.އެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު މުބީންއެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ފަރާތުން ސޮއި ކުރެއްވީ ޔުނިވަރސިޓީގެ ވައިސް ޗާންސްލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.

މުޅިރާއްޖެ ހިމެނޭހެންކުރާ ދިރާސާ ކުރިޔަށްދަނީ ރަށްތައް 3 ސަރަހައްދަކަށް ބަހާލައިގެންނެވެ. ދިރާސާ ނިންމުމަށް ތާވަލް ކުރެވިފައިވަނީ 4 މަސްދުވަހުންނެވެ.

މިދިރާސާއިން ހޯދޭނެ ބައެއް މައުލޫމާތު ތަކުގެ ތެރޭގައި

  • ރައްޔިތުންގެ މެދުގައި އެއަރކާގޯ މެދުވެރިކޮށް އަވަސްކޮށް މުދާ ފޮނުވަންބޭނުންވެފައިވާ މިންވަރު ދެނެގަތުން.
  • ވިޔަފާރި ތަކުން އެއަރކާގޯ މެދުވެރިކޮށް މުދާ ފޮނުވަންބޭނުންވެފައިވާ މިންވަރު ދެނެގަތުން.
  • އެއަރކާގޯ މެދުވެރިކޮށް މުދާފޮނުވުމަށްޓަކައި ދިމާވާ ދަތިތައް އަދި މިކަންކަން ހައްލުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުން.
  • ކަނޑުމަގުން އެއަރޕޯޓާއި އެހެން ރަށްތަކާއި ދޭތެރޭ ކަރގޯ ގެންދިއުމަށް ހުރި ހުރަސްތައް ދެނެގަތުން.
  • ރީޖަނަލް އެއަރޕޯޓްސްތަކުގައި އެއަރކާގޯގެ ޚިދުމަށް ދިނުމަށްޓަކައި ވަސީލަތްތައްހުރި މިންވަރު ދެނެގަތުން.

އާރު.އޭ.ސީ.އެލްގެ ފަރާތުން ބޭރުގެ ކުންފުންޏަކާއި އެއްކޮށް ޑްރޯން މެދުވެރިކޮށް ކާގޯ އެއްތަނުން އަނެއްތަނަށް އުފުލުމަށް ހުރި ފުރުސަތުތަކަކީ ކޮބައިތޯ ދެނެގަތުމުގެ މަޝްވަރާތަކެއްވެސް ކުރުވެމުން އެބަދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ