16 ފެބުރުވަރީ 2025

ސްޓެލްކޯގެ އެމްޑީ ކެޔޮދޫއަށް ވަޑައިގެންފި

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވ. ކެޔޮދޫ އަށް ވަޑައިގެންފިއެވެ.

އެ ކުންފުނީގެ ބައެއް އިސްވެރިންނާއެކު އެމްޑީ އެރަށަށް ކުރައްވާ މި ދަތުރަކީ ކެޔޮދޫ އިންޖީނުގޭގެ މިހާރުގެ ހާލަތު ބައްލަވައިލެއްވުމަށާއި ހިދުމަތް ފެށުމަށް މިހާރުތައްޔާރުވެފައިވާ ކެޔޮދޫ ފެން ޕްލާންޓްގެ މަސައްކަތްތައް ބައްލަވައިލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކެޔޮދޭގައި މަސައްކަތްކުރާ ސްޓެލްކޯގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ ހިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ވެސް ދެނެގަތުމަށް ވަނީ ނިންމާފައެވެ.

އަދި އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވާ، ސްޓެލްކޯ އިން އެ ރަށުގައި ދެމުންދާ ހިދުމަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވެސް ވަނީ ނިންމާފައެވެ.

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ހުސައިން ފަހުމީ ހަވާލުވެވަދައިގަތުމަށްފަހު، ގެންދަވަނީ ރައްޔިތުންނަށް ދިމާވާ ދަތިތައް ވަރަށް ގާތުން ބައްލަވައި، ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް މަަސައްކަތް ކުރައްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު