ވިލިމާލެ މޫދަށް އެރޭ ސަރަހައްދު ހިމާޔަތްކޮށްދޭނަން: ރައީސް

ވިލިމާލޭގެ މޫދަށް އެރޭ ސަރަހައްދު ހިމާޔަތްކުރަން ނިންމާފައި ވާކަމަށް ރައީސް ޑރ. މުޙައްމަދު މުުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި އާންމުންނަށް ރައީސާ ސުވާލުކުރެވޭ ގޮތަށް ކުރިއަށް ގެންދާ “ރައީސްގެ ޖަވާބު” ގައި، ވިލިމާލޭގައި މޫދު ބުޅާ ޑައިވް ސެންޓަރުގެ ފަރާތުން ވަނީ އެ ރަށުގެ މޫދަށް އެރޭ ސަރަހައްދު ހިމާޔަތް ކޮށްދެއްވުމަށް އެދިފައެވެ. އަދި ވިލިމާލޭގައި މޫދަށް އެރެން އޮންނަ ސަރަހައްދަކީ ހަމަ އެކަނި ލާރިއަކާއި ނުލާ މޫދަށް އެރެވެން އޮތް ސަރަހައްދު ކަމަށް އޭނާ ފަހަގަކޮށްފައިވެއެވެ.

ރައީސް ވިދާޅުވީ ވިލިމާލޭގެ މޫދަށް އެރޭ ސަރަހައްދު ހިމާޔަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ޒޫނާވެސް ފާހަގަ ކުރި ގޮތަށް މި ސަރަހައްދުގައި އާންމުނަށް މޫދަށްއެރި ފަސޭހަކަމާއެކު އުޅޭވެ ތަންތަން މަދު ކަމަށެވެ. އެހެން ކަމުން އެ އޮންނާ އުސޫލެއްގެ ދަށުން އެކަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“ތި ރިކުއެސްޓަކީ ވަރަށް ގިނަ މީހުންނަށް ފައިދާ ވާނެ ކަމަކަށް ވާތީ ތިކަން ހަމަޖެހިގެން ދާނެ” ރައީސް ވިދާޅުވިއެވެ.

ދިވެހިންނަށް ޓްރެއިނިން ދިނުމާއި މިފަދަ ކަންކަމަށް ބޭނުންވާ ފުރުސަތުތައް ވެސް ވިލިމާލެ އާއި މާލޭ ސަރަހައްދުން ޖާގަ ހުރި ތަންތަނުން ހަމަޖައްސައި ދެއްވާނެ ކަމަށް ރައިސް ވިދާޅުވިއެވެ.

މޫދު ބުޅާ ޑައިވް ސެންޓަރު ހިންގުމާއި ހަވާލުވެ ހުންނެވި ޒޫނާ ނަސީމް ވަނީ އޭނާ ފަދަ ޑައިވް ސެންޓަރުތައް ހިންގާ މީހުންނަށް ފަސޭހަ ވާނޭ ސަރަހައްދަކުން ސެންޓަރު ހިންގަން ދިގު މުއްދަތަކަށް ބިން ހަމަޖެހޭނެ އުސޫލެއް އެކުލަވައި ދިނުމަށް އެދިފައެވެ. އޭނާ ވިދާޅުވީ ފަސޭހައިން އެފަދަ އޮޕަރޭޝަނެއް ހިންގޭނެ ގޮތަކަށް އެންމެންނަށް ހަމަ ވެގެންދާނެ ގޮތަކަށް އެފަދަ ސަރަހައްދަކުން ބިންކޮޅެއް ލިބޭނެ ގޮތެއް އިންތިޒާމު ކޮށްދިނުމަށް ރައިސްގެ އަރިހުން އެދިފައެވެ.

މާލޭގައި މީހުން އާންމުކޮށް މޫދަށް އެރި އުޅެނީ ޓްރެކް ސަރަހައްދާއި ރަސްފަންނާއި އާޓިފިޝަލް ބީޗުގައި ކަމަށް ވާއިރު އެތަންތަން ފެތުމާއި ކަސްރަތު ކްލާސްތަކަށް ވެސް ބޭނުން ކުރާއިރު އެސަރަހައްދުތައް ނަޖިސްވުމުގެ މައްސަލަ ތަކަކީ ލިބެމުންދާ ޝަކުވާތަކެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *