Monday, 07 October 2024

ޤަވާއިދާ ޚިލާފަށް އުޅުނު 173 ބިދޭސީއެއް ޑީޕޯޓުކުރަން އިމިގްރޭޝަންއާ ޙަވާލުކޮށްފި

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 173 ބިދޭސީއަކު ޑީޕޯޓްކުރަން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާފައި ވަނީ، ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ނާފިޒެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށާއި ބިދޭސީންނާއި ގުޅިގެން ބައެއް ދިވެހިން ހިންގާ ހަށިވިއްކުމުގެ ޢަމަލުތައް ހުއްޓުވުމަށް 13 އޮޕަރޭޝަންއެއް ހިންގާފައިވާ ކަމަށެވެ. މީގެ ތެރޭގައި ފުލުހުން ހިނގި އޮޕްރޭޝަންތަކާއި އިމިގްރޭޝަން މެދުވެރިކޮށް ހިނގައިފައިވާ އޮޕްރޭޝަންތައް ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.

"މި ދާއިރާއިން 13 އޮޕަރޭޝަނެއް ހިނގައިފައިވާނޭ. މި މަސައްކަތުގެ ތެރެއިން 173 ފަރާތެއް އިމިގްރޭޝަންއަށް ހަވާލުކޮށްފައިވާނެ ޑީޕޯޓް ކުރުމަށް" ނާފިޒު ވިދާޅުވިއެވެ.

ނާފިޒު ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި އަހަރުގެ މިހާތަނަށް 29 އޮޕްރޭޝަނެއް ހިންގާ 51 ސަފާރީއެއް ބަލާ ފާސްކޮށްފައިވާކަމަށެވެ. މީގެ ތެރެއިން މަސްތުވާތަކެއްޗާ ގުޅޭ މުއާމަލާތް ކުރުމާ ގުޅޭ 3097 ފަރާތެއް ބަލާ ހުއްޓުވާފައިވާކަމަށެވެ.

މި ހަރަކާތުގެ ތެރެއިން 135 ދިވެހިންނާއި 16 ބިދޭސީން ހައްޔަރުކޮށްފައިވާކަމަށް ނާފިޒު ވިދާޅުވިއެވެ.

ނާފިޒު ވިދާޅުވީ މި އޮޕްރޭޝަންތަކުން އަތުލައިގަނެވުމު މަސްތުވާތަކެތީގެ ބަރުދަނުގައި 13400 ގުރާމް ހުރިކަމަށެވެ. އޭގެ މަގުމަތީ 5އަގަށް ބަލާއިރު އެއީ ހަތަރު ލައްކަ އަށާރަހާސް ރުފިޔާކަމަށެވެ. އަތުލެވުނު ބަނގުރަލުގެ އަދަދު 3422 އަރާކަމަށް ފުލުހުން ވިދާޅުވެއެވެ. އޭގެ ތެރޭފައި ބަނގުރާ ފުޅިއާއި ދަޅު ހިމެނޭކަމަށެވެ. އަތުލެވުނު ބަނގުރަލުގެ ޖުމްލަ އަދަދު ހަތަރު ލައްކަ ނަވާރަ ހާސްއަށް އަރާކަމަށް ފުލުހުން ވިދާޅުވިއެވެ.

ރާއްޖޭގައި ލައްކައަށް ވުރެ ގިނަ ބިދޭސީން ދިރިއުޅެމުން ދެއެވެ. މީގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންވެސް ގިނައެވެ. ސަރުކާރުން ދަނީ ގަވައިދާ ހިލާފައް އުޅޭ ބިދޭސީން ހޯދާ އެފަދަ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު