Saturday, 15 June 2024

އެމްޑީޕީ މަޖިލިސް ޕްރައިމަރީން ރޮޒެއިނާ ކަޓައިފި

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ފޭދޫ އުތުރު ދާއިރާއަށް ވާދަކޮށް ނާކާމިޔާބުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި އެ ޕާޓީގައި މިވަގުތު ހުންނެވި އެންމެ ނުފޫޒުގަދަ އަންހެން ޝަހްސިއްޔަތު، ރޮޒެއިނާ ކުރިމަތިލެއްވީ ފޭދޫ އުތުރު ދާއިރާ އަށެވެ. އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރެއްވީ މީގެކުރިން، ފުޓްބޯޅައިގައި އާންމުންގެ ސަމާލުކަން ލިބުނު އަހުމަދު ޝަރީފު (ޑުންގާ) އެވެ. ޑުންގާއަކީ ފުޓްބޯޅައިގެ އޭ ލައިސަންސް އޮންނަ ކޯޗެއްގެ އިތުރުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ޑުންގާ ރޮޒެއިނާގެ މައްޗަށް ކުރި ހޯއްދަވާ ޓިކެޓް ކަަށަވަރު ކުރެއްވި އިރު، މާލެ ސިޓީ އާއި އައްޑޫ ސިޓީގައި ބެހެއްޓި ވޯޓް ފޮށިން ވެސް ކުރި ހޯއްދެވީ ޑުންގާއެވެ. ރޮޒެއިނާ އަށް 221 ވޯޓު ލިބިވަޑައިގެންނެވި އިރު، ޝަރީފަށް ވަނީ 251 ވޯޓު ލިބިވަޑައިގެންފައެވެ. އެ ދާއިރާގެ ޓިކެޓުގައި ދެން ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާއަށް ލިބިވަޑައިގެންނެވީ 206 ވޯޓެވެ.

ޕްރައިމަރީން ރޮޒައިނާއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވިއިރު އޭނާގެ ފިރިކަލުން މުހައްމަދު ނާޝިޒް ވަނީ ކިނބިދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓު އިތުރު ދައުރަކަށް ކަށަވަރު ކުރައްވައިފައެވެ. ކިނބިދޫ ދާއިރާއަށް އެމްޑީޕީގެ ޕްރައިމަރީ ނާޝީޒް ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު