ބޮޑު ތަފާތަކުން ފުވައްމުލަކު ދެކުނު ދާއިރާގެ ޓިކެޓު ނަޒޫ ކަށަވަރުކުރައްވައިފި

އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ބޭއްވި ޕްރައިމަރީ ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފިއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ނަޒޫ ވާދަކުރައްވާފައި ވަނީ އޭނާގެ އުފަން ފުވައްމުލަކު ސިޓީގެ ދެކުނު ދާއިރާއަށެވެ. ޕްރައިމަރީގައި ނަޒޫއާ ވާދަކުރައްވާފައި ވަނީ ފުވައްމުލައް ސިޓީއަށް އުފަން ދޫޑިގަން، ލިވައިސް، އަބްދުﷲ އަފީފްއާއެވެ. މި ޕްރައިމަރީގައި ނަޒޫ ވަނީ 434 ވޯޓު ހޯއްދަވައިފައެވެ.

ޕްރައިމަރީގައި މާލޭގައި ބެހެއްޓި ވޯޓު ފޮށިން ނަޒޫ އަށް 132 ވޯޓު ލިބިވަޑައިގެންނެވި އިރު، ފުވައްމުލަކުގައި ބެހެއްޓި ވޯޓުފޮށިން 302 ވޯޓު ލިބިވަޑައިގެންނެވިއެވެ. ނަޒޫއާ ވާދަކުރެއްވި އަފީފަށް ލިބިވަޑައިގެންފައި ވަނީ 70 ވޯޓެވެ. އެއީ މާލެ އިން ލިބުނު 17 ވޯޓާއި ފުވައްމުލަކުން ލިބުނު 53 ވޯޓެވެ. ނަޒޫ އަށް ވަނީ ވޯޓު ދިން މީހުންގެ %84.93 ވޯޓު ލިބިވަޑައިގެންފައެވެ. ނަޒޫ އާއި އަފީފް އާ ދެމެދު 364 ވޯޓުގެ ތަފާތެއް ހުއްޓެވެ.

އޭނާ ވަނީ ކުރީގެ ސަރުކާރުގައި ރައީސް އޮފީހުގެ ޗީފް އެކްޒެކެޓިވް ޓު ވައިސް ޕްރެޒިޑެންޓްގެ މަޤާމު ފުރައްވައިފައެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފުވައްމުލަކު ދެކުނު ދާއިރާއާ އެކުގައި 40 ދާއިރާއެއްގައި ކުރިއަށް ގެންދިޔައެވެ. ޕްރައިމަރީގައި 149 ކެންޑިޑޭޓުން ވާދަކުރިއިރު، 95 ރަށެއްގައި ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ. ބާކީ 53 ދާއިރާގެ ތެރެއިން، އެއްވެސް ކެންޑިޑޭޓަކު ކުރިމަތިނުލަނީ އޭދަފުށީ އަދި ނިލަންދޫ ދާއިރާއަށެވެ. އިތުރު ކެންޑިޑޭޓަކު ކުރިމަތިނުލާތީ، 51 ދާއިރާއެއްގެ ޓިކެޓު ވަނީ ގިނަ ބަޔަކަށް ކަށަވަރުވެފައެވެ. އޭގެ ތެރޭގައި، މަޖިލީހުގެ މިހާރުގެ މެމްބަރުންނާއި ކުރީގެ ސަރުކާރުގައި އިސް މަގާމުތައް ފުރުއްވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ކަލޯ އެމްޑީޕީ ބީތާ ތަކާ އެއްޗެއް ބޮވިފަތަ ތި ތިބެނީ އަޅެ؟؟؟ ދަރިންނަށް ނުކިޔަވާދީ މަގުމައްޗައް ނެރިބަލަ ހޯއް ގޮވަން!! ކިޔަވައިދީގެން ކޯއްޗެއް ލިބޭނެ ކަމަށް ތިޔަ ކިޔަވާ ދެނީ؟؟؟ ފިރިމީހާއަށް މިލިއަނުން ހޯދާ ދީފަ، އޭނަގެ ފޮޓޮއަށް ރޫ އެރީމަ އަނބިގޮއްޔެ! ޏޮޖޮރޮއްޕާނެއްނު ދެން؟؟ އަނެއް 5 އަހަރުން 6 މިލިއަން ޖަހަންވީ!! މޑޕ މީހުން ކަނޑަށް އެރެން ދޭބަލަ އަޅެ!!! ބލވރކމއ ހުވާ މިބުނީ!!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު