އުމަރު ނަސީރުގެ ރަނިން މޭޓް، މާޒް ސަލީމް އެމްޑީޕީގެ ޕްރައިމަރީން ބޮޑު ކާމިޔާބެއް!

އެމްޑީޕީގެ ޓިކެޓް ގައި މަޖިލީސް 20 ގައި ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު އޮތް އެ ޕާޓީގެ ޕްރައިމަރީ ގައި ހެންވޭރު ހުޅަނގު ދާއިރާގެ ޓިކެޓް ހޯއްދަވާ މާޒް އަހްމަދު ސަލީމް ބޮޑު ކާމިޔާބެއް ހޯއްދަވައިފިއެވެ..

މީގެ ކުރިން އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި ސަލީމްއާ ވާދަ ކުރެއްވީ މަޝްހޫރު ކޯޗް ހީނާ އަހްމަދު ސަލީމް އާއި ހުސައިން ޝާކިރެވެ. ހީނާ ސަލީމަށް ލިބުނީ 42 ވޯޓެވެ. މާޒް ސަލީމް ވަނީ 61 ވޯޓް ހޯދާފައެވެ.

ޕްރައިމަރީން ކާމިޔާބު ހޯއްދަވާ އެމްޑީޕީގެ ޓިކެޓް މާޒް ސަލީމް، ކަށަވަރު ކުރެއްވުމުން މިއަދުގެ ޕްރައިމަރީގެ އެންމެ ހާއްސަ ކާމިޔާބީ އަކީ މިއީއެވެ. ސަލީމަކީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިއާ ހަމައަށް އެމްޑީޕީއަށް އެންމެ ފާޑުކީ ބޭފުޅުންގެ ތެރެއިން އެކަކެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރަނިންމޭޓަކީ ވެސް ސަލީމެވެ. އުމަރާއި ސަލީމްގެ އެންމެ ބޮޑު ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމެވެ. ރާއްޖޭގައި އިންޑިއާގެ ނުފޫޒު ގަދަވެ ސިފައިންނަށް ގާއިމުވެ ތިބުމުގެ ފުރުސަތު އިތުރަށް ފަހިކޮށް ދިނީ އެމްޑީޕީގެ ސަރުކާރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމު ގައި ކަމަށް އެ ބޭފުޅުން ގެންދެވީ ވިދާޅުވަމުންނެވެ.

އެހެންނަމަވެސް، ރިޔާސީ އިންތިހާބުގެ ދެވަނަ ބުުރުގައި ކުއްލި ގޮތަކަށް ސަލީމް ވަނީ ރައީސް ސޯލިހް އެންޑޯޒް ކުރައްވާފައެވެ. އަދި އެމްޑީޕީއާ ވެސް ގުޅިވަޑައިގެންފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މީ މޮޔަ ގޮލައެއް!! މީނައަށް ވޯޓުދޭނީވެސް ދެބަންދިހާރުން!! އަހަރުން ދިވެހިން ކިޔެވިހެން ތަރައްޤީވިހެން ވަނީ ގަމާރު!! ހުސް ބުރާންތިން މަޖުލިހަށް ހޮވާފަ ދެން ފަހުން ދުވާނެ ބުރީގަ ރޯވެގެން!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު