އަނަސްވެސް ކަޓައިފި، އެމްޑީޕީ ޕްރައިމަރީން ބޮޑު ނާކާމިޔާބީއެއް!

މިއަދު އޮތް އެމްޑީޕީގެ މަޖިލިސް ޕްރައިމެރީގައި ވާދަކުކޮށް، އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރަށް ނާކާމިޔާބުވެއްޖެއެވެ.

ވިލިމާލެ ދާއިރާގެ ގޮނޑިއަށް ވާދަކޮށް އަނަސްގެ މައްޗަށް ކުރި ހޯދާފައި ވަނީ އަބްދުލްމަޖީދު މުއްޝަރަފެވެ. އޭނާއަށް 147 ވޯޓާއި އެކު ވޯޓުލީ މީހުންގެ 73 އިންސައްތަ ކާމިޔާބު ކުރެވުނެވެ. ނަމަވެސް އަނަސްއަށް ލިބިފައި ވަނީ 53 ވޯޓެވެ.

2021 ގައި ބޭއްވި ފުރަތަމަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް ވެސް އެމްޑީޕީގެ ޓިކެޓުގައި އަނަސް ވާދަކުރިއެވެ. ނަމަވެސް އިންތިހާބުގެ ނާކާމިޔާބަށް ފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު އަނަސް އައްޔަނު ކުރީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށެވެ.

މިއަދު އޮތް އިންތިހާބު ގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އާއި ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

ޕްރައިމަރީގެ ވޯޓް ނެގުން އޮތީ ހެނދުނު 9:00 ހަވީރު 5:00 އަށެވެ. ޖުމްލަ 95 ރަށެއް ގައި ވޯޓްލުން ކުރިއަށް ދިޔަ އެވެ. އަދި މާލޭ ގައި 27 ވޯޓް ފޮށި ވަނީ ބަހައްޓާފައެވެ. ޕްރައިމަރީ ކުރިއަށް ގެންދިޔައީ 40 ދާއިރާ އެއްގައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އަދިވެސް އިންޑިއާގެ ނޫސްތަކަށް އިންޓަވިއުދީ ދިވެހިން ދިވެހި ޤައުމު އިސްކުރާނެކަން އަނަސްއަށް މިހާރު އިނގޭނެ ޝުކުރިއްޔާ އެމްޑީޕީގެ މެމްބަރުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *