Thursday, 25 July 2024

ހަފްތާ ބަންދުގައި ބާއްވާ "ހިޔަލަ ވީކެންޑް މާކެޓް" ބުރާސްފަތިދުވަހުވެސް ބޭއްވުމަށް ނިންމަވައިފި

އެކި ވިޔަފާރިތައް ހިންގާ ދިވެހި ކަނބަލުންގެ އުފެއްދުންތައް ވިއްކުމަށް ހާއްސަކޮށްގެން ހަފްތާ ބަންދުގައި ބާއްވަމުން އަންނަ "ހިޔަލަ ވީކެންޑް މާކެޓް" ބުރާސްފަތިދުވަހުވެސް ބޭއްވުމަށް ނިންމަވައިފިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ "ހިޔަލަ ވީކެންޑް މާކެޓް" މިހާތަނަށް ބާއްވަމުން އައީ ކޮންމެ ހަފްތާ ބަންދެއްގެ ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.

މަރކެޓަށް ލިބެމުންދާ ތަރުހީބުގެ ސަބަބުން ގިނަ ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށްދިނުމަށާއި، އަންހެން ވިޔަފާރިވެރިންނަށް މަރކެޓްގައި ތަކެތި ވިއްކައި މާކެޓް ކުރުމުގެ ފުރުސަތުދިނުމުގެ ގޮތުން، ވިޔަފާރިތަކުގެ އަދަދު އިތުރުކުރުމަށް ހަފްތާއަކު ތިން ދުވަހު ހިޔަލަ ވީކެންޑް މާކެޓް ބޭއްވުމަށް ނިންމާފައިވާ ކަމަށް ބީސީސީން ބުނެއެވެ.

އެހެންކަމުން ހުކުރު، ހޮނިހިރުގެ އިތުރުން ބުރާސްފަތިދުވަހުވެސް ވީކެންޑް މާކެޓް އޮންނަނެކަމަށް ބީސީސީން ބުނެއެވެ،

ބީސީސީން ބުނީ މާކެޓް އޮންނާނީ އެ ދުވަސްތަކުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކަމަށެވެ.
އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ޚާއްޞަ ސަރަހައްދެއް ހުޅުމާލޭގައި ކަނޑައަޅައި، ވިޔަފާރި ކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. ،މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދާއި އެއްގޮތަށް، ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމަނުއްވައިގެން ހިޔަލަ ވީކެންޑް މަރކެޓް ފެށީ މިދިޔަމަހުގެ 19 ވަނަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު