އާޓިފިޝަލް ބީޗުގައި ރޭ އަންހެނަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި

އާޓިފިޝަލް ބީޗުގައި ރޭ އަންހެނަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ދެންމެ ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން، އެފަދަ މައްސަލައެއް ރިޕޯޓުކޮށްފައިވާތީ އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.

ރޭ އާޓިފިޝަލް ބީޗުގައި އަންހެނަކަށް އޭނާގެ ކުރީގެ ފިރިމީހާ ހަމަލާ ދިން ކަމަށް ބުނާ ސޯޝަލް މީޑިއާ ޕޯސްޓަކަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައިވާއިރު، އަނިޔާ ލިބުނު މީހާގެ އާއިލާގެ މެންބަރެއް ކަމަށް ބުނެ ކޮށްފައިވާ އެ ޕޯސްޓުގައިވަނީ، ފިރިހެން މީހާ ގޮސް އަންހެން މީހާއަށް ދިން ހަމަލާތަކުގައި އޭނާގެ ބަނޑުގައާއި، ޖިންސީ ގުނަވަނުގައި ވެސް ޖަހައިފައިވާ ކަމަށެވެ.

އެ ހަމަލާ ދިން ވަގުތު އެތާ ތިބި އެއްވެސް ދިވެއްސަކު އެހީ ނުވެ އެ މަންޒަރު ބަލަން ތިބި ކަމަށާއި އެންމެ ފަހުން އަނިޔާ ހުއްޓުވީ ބަނގްލަދޭޝް މީހެއް ކަމަށް އެ ޕޯސްޓުގައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު