ރިޔާސީ ބަޔާން 2024: ސަރުކާރު ކުރިއަށްދަނީ ބަދަލުހިފުމުގެ ރޫޙު ނުގެންގުޅޭނެކަމަށްވީ ވަޢުދާ އެއްގޮތަށް: ރައީސް

ސަރުކާރު ކުރިއަށްދަނީ ބަދަލުހިފުމުގެ ރޫޙު ނުގެންގުޅޭނެކަމަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މި ހިނގާ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެމަނިކުފާނު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.

ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް އަދަބު ނުދިނުން

ޤައުމަށް ހަމަޖެހުން އަންނަންޖެހޭކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ އެމަނިކުފާނު ކުރައްވާނެކަމެއް ނޫންކަމަށެވެ. އަދި އެ ރޮނގުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދަވާނެކަމަށާއި، ހަމައެއާއެކު ޤާނޫނުގެ ވެރިކަން ކަށަވަރު ކުރައްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރުޢީ ދާއިރާއަށް އެމަނިކުފާނު އެއްވެސް ނުފޫޒެއް ނުފޯރުއްވާނެކަމަށާއި، އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިވަޑައިގެންފިނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި، ސަރުކާރުން ޤާނޫނުތައް އެކަށައެޅުމުގައި ގެންގުޅޭ އެންމެ ބޮޑު އެއް ސިޔާސަތަކީ ކުށް މަދުކުރުންކަމުގައި ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން މަސައްކަތްކުރަނީ ޖަލުތައް ހިންގައި ބެލެހެއްޓުމުގެ ނިޒާމު ޒަމާނީކޮށް، އެތަންތަނަކީ އޯގާވެރިކަމާއެކު އިޞްލާޙުކުރަން މަސައްކަތްކުރާ ތަންތަނަށް ހެދުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް އެކިއެކި ކުށްތަކުގެ ތަޙްޤީޤުގައި، "ވާނުވާ"ގައި، ވަކި މުއްދަތެއްނެތި ބަންދުކޮށްފައި ތިބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށްޓަވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މި ފެށޭ ދައުރުތެރޭގައި ޤާނޫނަށް އިޞްލާޙު ހުށަހަޅުއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު