Wednesday, 22 May 2024

މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ރައީސް ކުރައްވާ ފުރަތަމަ ދަތުރުފުޅު ތ. އަތޮޅަށް!

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަތޮޅަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިއަދު ތ.އަތޮޅަށް ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.

މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާ މި ދަތުރުފުޅުގައި ތ.އަތޮޅުގެ 9 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އެގޮތުން މި ދަތުރުފުޅުގައި ގުރައިދޫ، ދިޔަމިގިލި، ގާދިއްފުށި، ވޭމަންޑޫ، ބުރުނި، ކަނޑޫދޫ، ވަންދޫ، އޮމަދޫ އަދި ކިނބިދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނެއެވެ.

ބުރާސްފަތިދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ތ،އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ތ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ ގުރައިދޫއަށެވެ. މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އަތޮޅުތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ތ.އަތޮޅު ގުރައިދޫއަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އެ ރަށަކީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް އެންމެ ބޮޑު އަޣްލަބިއްޔަތެއް ލިބިވަޑައިގެންނެވި ރަށަށް ވާތީވެ، އެކަން އެމަނިކުފާނު މީގެ ކުރިންވެސް ފާހަގަކުރައްވާފައިވާތީއެވެ. ގުރައިދޫއިން އެމަނިކުފާނަށް 625 ވޯޓާއެކު %74.05 ލިބިވަޑައިގެންފައިވެއެވެ.

އަދި އަތޮޅުތަކުގެ އެހެން ރަށްރަށަށްވެސް އެމަނިކުފާނު ދަތުރުކުރައްވާނެ ކަމަށް މީގެ ކުރިން ހާމަކުރައްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ރައިސްގެ ހައިސިއްޔަތުން ވަޑައިގަންނަވާނަމަ އަރާނީ އިންތިހާބުގައި މެޖޯރިޓީ ދިން ރަށްރަށަށް އެކަންޏެއްނޫން. ހުރިހާ ރަށަކަށްވެސް އަރަންވާނެ. އެހެންނޫން ޕީއެންސީ ރައިސްގެ ގޮތުން ދާނަމަ ވަކިރަށްތަކަކަށް އެރުން ބަލައިގަނެވޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *