Thursday, 25 July 2024

އަލްމަރްޙޫމް ވިޝާމްގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ނައިބު ރައީސް ސޮއިކުރައްވައިފި

ދިވެހިރާއްޖޭގެ ބާރ ކައުންސިލްގެ ރައީސް އަލްމަރްޙޫމް އަލްއުސްތާޛު އިސްމާޢީލް ވިޝާމްގެ ހަނދާނުގައި ދިވެހިރާއްޖޭގެ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ސޮއިކުރައްވައިފިއެވެ.

ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސޮއިކުރައްވައި ލިޔުއްވި ބަޔާނުގައި އެމަނިކުފާ ވަނީ، އަލްމަރްޙޫމް އަލްއުސްތާޛު އިސްމާޢީލް ވިޝާމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ދާއިރާ ކުރިއެރުވުމަށް ނުހަނު އަގުހުރި މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަ ކުރައްވާފައެވެ. އަދި އަލްމަރްޙޫމް ވިޝާމް ވަނީ ބާރ ކައުންސިލު ހަރުދަނާ ކުރުމުގައި ޤާނޫނީ ފަންނުވެރިންގެ ލޯތްބާއި އިޙުތިރާމް ހޯއްދަވާފައިކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

މި ބަޔާން ނިންމަވައިލައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އަލްމަރުޙޫމް އިސްމާޢީލް ވިޝާމްގެ ޢާއިލާއަށާއި، ބާރ ކައުންސިލްގެ މެންބަރުންނަށާއި، ޤާނޫނީ ޚިދުމަތުގެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު