Saturday, 15 June 2024

"މިސަރުކާރު ގެނައީ ރައްޔިތުން، ސަރުކާރު ދަހަމަހައްޓާނީވެސް ރައްޔިތުން"

މިސަރުކާރު ގެނައީ ރައްޔިތުންކަމަށާއި، ސަރުކާރު ދަހަމަހައްޓާނީވެސް ރައްޔިތުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދަޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ތ. ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ, ރައްޔިތުން އަދިވެސް ތިބީ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޢިއްޒަށް ދެއްވި ތާޢީދުގެ މަތީގައިކަމަށާއި, އެ ތާޢީދު އަދިވެސް އިތުރުވަމުން އަންނަކަމަށެވެ. ރައްޔިތުން ތިބީ ރައީސްގެ ތަރައްޤީއަށް ބޭނުންވެ ސަރުކާރާއެކު ކުރިއަށް ދިއުމަށްކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. ވަކި މީހަކަށްވުރެ މުޅި ޤައުމު ބޮޑުވާނެކަމަށާއި, މިސަރުކާރު ގެނައީ ރައްޔިތުންކަމަށާއި, މި ސަރުކާރު ދަމަހައްޓާނީވެސް ރައްޔިތުންކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވަމުން ގެންދަވާކަމަށާއި, އެކަމަށް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު މުހިންމުކަމަށް ޢަބްދުއް ރަހީމް ވިދާޅުވިއެވެ. ގިނަ ޤާނޫނުތަކެއް ގެންނަން އެބަހުރިކަމަށާއި, އެކަމަށްޓަކައި އަޣްލަބިއްޔަތު ބޭނުންވާކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ ފައިދާހުރި މަސައްކަތެއް ކުރާތަނަކަށް ހަދަން ޖެހޭކަމަށާއި, އެކަން ކުރެވޭނީ ސަރުކާރަށް އެ އެއްބާރުލުން މަޖިލީހުން ލިބިގެންކަމަށްވެސް ޢަބްދުއްރަހީމް ވިދާޅުވިއެވެ. ދިވެހީންގެ ރާއްޖެ ހޯދުމަށް ކުރާ ދަތުރުގައި މަޖިލީހަށް އެންމެ ބޮޑު އިންސައްތައެއް ސަރުކާރަށް ލިބޭނީވެސް ގުރައިދޫން ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒަކީ އިޚްލާސްތެރި ނިޔަތަކާއެކު މަސައްކަތްކުރައްވާ ބޭފުޅެއްކަމަށާއި، އެމަނިކުފާނު ރައްޔިތުންނަށް މާ އުފާވެރި ދުވަސްތަކެއް ހޯދައި ދެއްވާނެކަމަށާއި, ދިވެހީންގެ ރާއްޖެއިން ފެންނާނީ އަމާންކަމާ އުފާފާގަތިކަންކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ ތި ރައްޔިތުންގެ އުންމީދުގައި ކުލަ ޖައްސައިދޭނެ ހަމައެކަނި ރައީސަކީ ޑރ.މުޢިއްޒޭ. ތިބޭފުޅުން ވަރަށް ދިގު އިންތިޒާރެއް ކުރައްވައިފީމު. ތިބޭފުޅުންގެ ރަށާދޭތެރޭ ތިބޭފުޅުން ވަރަށް ފޮނި އުންމީދުތަކެއް ވަރަށް ޒަމާންތަކެއް ވަންދެން ކުރައްވައިފި. އެއުންމީދު ޙާސިލެއް ނުވޭ މިހާތަނަށް އައިއިރު. އެކަމު އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ ފޮނި އިންތިޒާރަށް ނިމުން ގެނެސްދެއްވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން. އެމަނިކުފާނު". ޢަބްދުއްރަހީމް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު