ތިން ޤައުމަކަށް ކަނޑައަޅުއްވާ ސަފީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި

ދިވެހި ރާއްޖެއިން 3 ޤައުމަކަށް ކަނޑައަޅުއްވާ ސަފީރުންނަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވަނީ ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް މއ. ތުޅާގިރި މަސްއޫދު އިމާދު، މެލޭޝިއާގެ ސަފީރު ކަމަށް މ. ރުށްފުށި ޑރ. މަރިޔަމް ޝަބީނާ އަހުމަދު، ބެލްޖިއަމް އަދި ވިލާތުގެ އިއްތިހާދަށް ކަނޑައަޅާ ސަފީރު ކަމަށް މ. ގީލާވިލާ، ގީލާ އަލީގެ ނަންފުޅެވެ.

ސުރީލަންކާ ސަފީރު ކަމަށް އައްޔަން ކުރަން ފޮނުއްވި މަސްއޫދަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގެ ޕްރެސް ސެކެޓްރީގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. ބެލްޖިއަމް އަދި ވިލާތުގެ އިއްތިހާދަށް އައްޔަން ކުރަން ފޮނުއްވި ގީލާ އަލީއަކީ ހެލްތު މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ފުރުއްވާފައިވާ ކަނބަލެކެވެ. ގީލާ ވަނީ ކުރިން ޚާރިޖީ ދާއިރާގައިވެސް މަސައްކަތް ކުރައްވާފައެވެ. އަދި، މިހާރު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ސެކެޓްރީ ޖެނެރަލްކަން ވެސް އޭނާ އަދާކުރެއްވިއެވެ.

ސަފީރުކަމަށް އައްޔަން ކުރައްވަން ފޮނުއްވެވި ނަންތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު