Tuesday, 23 July 2024

ރައީސް މުލިއާގެއަށް ބަދަލުވެވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓެލޭޑީ ސާޖިދާ މުހައްމަދު މުލިއާގެއަށް ދިރިއުޅުން ބަދަލު ކުރައްވައިފި އެވެ.

ވެރިކަމަށް ވަޑައިގެންނެވިތާ ތިން މަސް ފަހުން ރައީސްގެ ރަސްމީ ގެކޮޅަށް ބަދަލުވެވަޑައިގަތީ ތަނުގެ ބައެއް މަރާމާތުގެ މަސައްކަތްތައް ކުރިޔަށް ގެންދާތީ އެވެ.

މައުލޫމާތު ލިބޭ ގޮތުން، ރައީސް މުލިއާގެއަށް ބަދަލުވެވަޑައިގަތީ ތ. އަތޮޅުގެ ދަތުރުގެ ކުރިންނެވެ.

ރައީސްގެ ދެކަނބަލުން މިދިޔަ ދުވަސްތަކުގައި ދިރިއުޅުއްވަމުން އައީ މ. ދިމްޔާތުގައެވެ.

ސަރުކާރުން ވިދާޅުވެފައިވަނީ މުލިއާގެ މަރާމާތު ކުރަނީ ތަނުގެ އަސްލަށް އެއްވެސް ބަދަލެއް ނުގެންސް ކަމަށެވެ. އަދި މުލިއާގެ މަރާމާތު ކުރަން ޖެހުނީ އެއީ ވަރަށް ގިނަ އަހަރުތަކެއްވީ އިމާރާތެއްކަމުން ބައެއް ގެއްލުންތަކެއް ލިބިފައިވާތީ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު