Thursday, 20 June 2024

ބަލި ގަބޫލުކުރަން ނޭނގިގެން އުޅެނީ ރައީސް ނަޝީދު, މިއީ ނަަޝީދެއް ނޫން: ރޮޒައިނާ

އިންތިހާބުތަކުން ބަލިވުމުން ބަލި ގަބޫލުކުރަން ނޭނގިގެން އުޅެނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު, ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅިވެފައިވަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ މަޖިލިސް ޕްރައިމެރީގައި ނާކާމިޔާބުވުމުން އާންމުން މީސް މީޑިއާގައި ކުރަމުންދާ ފުރައްސާރައަށް ރައްދު ދެއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ރޮޒައިނާ ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުން މަޖިލީހަށް ދެން އެނާ ވާދަކުރައްވާނެ ގޮތެއް ނޯންނާނެކަން ވަރަށް ސާފުކޮށް ދަންނަވާކަމަށެވެ.

ބަލި ގަބޫލުކުރަން އެނގޭ ކަމަށާއި އޭނާ ވާދަކުރެއްވި ދާއިރާގެ ޓިކެޓް އަލުން ލިބުނަސް އެ ގޮނޑިއަށް ވެސް ވާދަނުކުރާނެކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ވަރަށް ސާފުކޮށް ދަންނަވަން. އަޅުގަނޑު 20 ވަނަ މަޖިލީހަށް ދެން ވާދަކުރާނެ ގޮތެއް ނޯންނާނެ. އަޅުގަނޑު މިއީ ރައީސް ނަަޝީދެއް ނޫން ބަލިވީމަ ބަލި ޤަބޫލުކުރަން ނޭނގިގެން އުޅޭކަށް. އަޅުގަނޑު ކުރިމަތިލީ ދާއިރާގެ ޓިކެޓް ދެން ލިބުނަސް އެތަަނަށް ވެސް ނުލާނަން"

އިދިކޮޅު އެމްޑީޕީން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީގައި ރޮޒެއިނާ ވާދަކުރެއްވީ އައްޑޫ ސިޓީ ފޭދޫ އުތުރު ދާއިރާއަށެވެ. އެ ދާއިރާއަށް ރޮޒައިނާއާއެކު 3 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ. ދާއިރާގެ ޓިކެޓް ކާމިޔާބު ކުރި އަހްމަދު ޝަރީފަށް ލިބުނީ 257 ވޯޓެއެވެ. ރޮޒެއިނާ އަށް ލިބުނީ 221 ވޯޓެވެ. އެ އިންތިހާބު ރޮޒައިނާއަށް ނާކާމިޔާބުވީ 36 ވޯޓުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު