12 ފެބުރުވަރީ 2025

ރޯދައިގެ ފަހުން މަޖިލިސް އިންތިޚާބު ބާއްވަން ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލިހަށް މެމްބަރުން އައްޔަންކުރުމަށް ބާއްވާ އިންތިހާބު ރަމަޟާން މަހަށް ފަހު ބާއްވަން ކޮމިޓީއިން ފާސްކޮށްފިއެވެ.

އެ ގާނޫނަށް އިސްލާހު ގެންނަން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި މައްސަލަ ދިރާސާ ކުރި ވަގުތީ ކޮމިޓީއިން ނިންމާފައިވާ ގޮތުގައި މަޖިލީހުގެ އިންތިހާބު މިއަހަރުގެ ރޯދަ މަސް ނިމިގެން 10 ދުވަސް ފަހުން ބޭއްވުމަށް ވަނީ ފާސްކޮށްފައެވެ.

އެ ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު، އިމްތިޔާޒު ފަހުމީ ވިދާޅުވީ، ކުރިން ވެސް އެމްޑީޕީން ހުށަހަޅާފައިވާ ގޮތަށް ރޯދަ މަސް ނިމިގެން 10 ދުވަސް ފަހުން މަޖިލިސް އިންތިހާބު ބޭއްވުމަށް ކޮމިޓީ މެމްމްބަރުންގެ އިއްތިފާގުން މިއަދު ފާސް ކޮށްފައިވާ ކަމަށެވެ.

ކޮމިޓީން އެގޮތަށް ފާސް ކޮށްފައިވަނީ އީސީން ވެސް ހުށަހަޅާފައިވާ ބައެއް ކަންކަން ރަނގަޅު ކުރެއްވުމަށް ފަހު ކަމަށް ވެސް އިމްތިޔާޒު ވިދާޅުވިއެވެ.

ރޯދަ މަސް ތެރޭ އިންތިހާބު ނުބޭއްވޭ ގޮތަށް އެމްޑީޕީގެ ފަރާތުން އިންތިހާބުތަކާއި ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅާފައިވަނިކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި އިންތިހާބު ބޭއްވުމަށް ނިންމާފައެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވަނީ ރޯދައިގެ ފަހުން އިތުރު 10 ދުވަސް ވަންދެން މަޑު ކުރާނަމަ ގާނޫނު އަސާސީގައި ބުނާ މުއްދަތު ފަހަނަ އަޅައިދާނެކަމުގެ ކަންބޮޑުވުން އޮތް ކަމަށް ވިދާޅުވެފައެވެ. އަދި ޚަރަދުތައް އިތުރުވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު