ޙައްޖާޖީންނަށް އެހީވުމާއެކު، ދިވެހި ދަރިވަރުންނަށް ޙައްޖުވުމުގެ ފުރުސަތު ސައުދީން ދެއްވައިފި

ޙައްޖުވެރިންނަށް އެހީވުމާއި، ސައުދީގައި ކިޔަވަން ތިބޭ ދިވެހިރާއްޖޭގެ ދަރިވަރުންނަށް ޙައްޖުގެ އަޅުކަން ކުރުމުގެ ފުރުސަތު ސައުދީގެ ޙައްޖު މިނިސްޓްރީއިން ދީފާވާކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެއްވި އޯޑިއޯ މެސެޖެއްގައި މިއަދު ވިދާޅުވީ، ސައުދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ކޮންމެ އަހަރެއްގެ ޙައްޖު މޫސުމުގައި ޙާޖީންނަށް އެހީތެރިވުމުން ޙައްޖުވުމުގެ ފުރުސަތު ދިނުމަށް އެދި ދިވެހި ސަރުކާރުން ހުށަހެޅި ހުށަހެޅުން އެ ގައުމުގެ ހައްޖު މިނިސްޓްރީން ބަލައިގެންފައިވާ ކަމަށެވެ.

ސައޫދީގެ ޙައްޖު މިނިސްޓްރީން ކަނޑައަޅާފައި އޮންނަ ގޮތުން ނަމަ، އެ ގައުމުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ޙައްޖުވުމުގެ ފުރުސަތު ލިބެނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރުކަމަށާއި، އެއީ ސައޫދީގެ ރައްޔިތުންނާއި އެ ތަނުގައި ދިރިއުޅޭ މީހުންނަށް ވެސް ހިނގާ އުސޫލްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންވެ، މިނިންމުމާއެކު އެ ގައުމުގެ ޔުނިވާސިޓީތަކާ ގުޅިގެން ދިވެހި ދަރިވަރުންގެ ދަފުތަރެއް އެކުލަވާލައި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ދަރިވަރުންނަށް މި ފުރުސަތު ދޭނީ ސަރުކާރުން ކޮންމެ އަހަރަކު ވެސް ކަނޑައަޅާ ވަކި އަދަދަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދަރިވަރުން ބޭނުންކޮށްގެން ޙައްޖުވެރިންނަށް އެހީތެރިވުމަށް ނިންމާފައިމިވަނީ ޙައްޖުގައި ހޭދަވާ ދުވަސްތަކުގައި އެ ގައުމުގެ އެތެރޭގެ ޓްރާންސްޕޯޓް ބަސްތަކުގައި އަރަބި ބަސް ދަންނަ މީހުން ތިބުމަކީ މުހިއްމު ކަމެއް ކަމަށް ދެކި، އަރަބި ބަސް ދަންނަ މީހުން މަދުވުމުން މިކަމަށް ހައްލެއް ގެނައުމަށާއި އަދި ސައުދީގެ ޙައްޖު މިނިސްޓްރީއިން މި ދިން ފުރުސަތުގެ ސަބަބުން މި ލިބުނު ހުއްދައާ އެކު އެކަމަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު