18 ޖަނަވަރީ 2025

ޗައިނާ އެމްބަސީގެ ފަރާތުން ކ. މާފުށީ ސްކޫލަށް އިކްއިޕްމަންޓާއި ކުޅިވަރު ސާމާނު ހަދިޔާކޮށްފި

ޗައިނާ އެމްބަސީގެ ފަރާތުން ކ. މާފުށީ ސްކޫލަށް އިކްއިޕްމަންޓާއި ކުޅިވަރު ސާމާނު ހަދިޔާކޮށްފިއެވެ.

ޗައިނާއިން މާފުށީ ސްކޫލަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ސްކޫލަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްގެ އިތުރުން ބާސްކެޓް ބޯޅަ، ފުޓްބޯޅަ ފަދަ ކުޅިވަރުތަކަށް ބޭނުންވާ ބައެއް ސާމާނާއި، އައުޓްޑޯ ފިޓްނެސްއަށް ބޭނުންވާ ބައެއް ތަކެތި ހިމެނެއެވެ.

ޗައިނާ އެމްބަސީގެ ފަރާތުން ކ. މާފުށީ ސްކޫލަށް ހަދިޔާކުރި ކިޔަވައިދިނުމާ ގުޅޭ ބައެއް ސާމާނާއި ކުޅިވަރާބެހޭ ބައެއް ސަމާނާއި އަދި ކޮންޕިއުޓަރ ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

މާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ޗައިނާ ސަރުކާރުން މާފުށީ ސްކޫލަށް ހަދިޔާކުރި ކިޔަވައިދިނުމާއި އުނގެނުމަށް ބޭނުންވާ ތަކެތީގެ ސަބަބުން މާފުށީ ސްކޫލްގެ ކިޔަވައިދިނުމާއި އަދި ދަރިވަރުންގެ އުނގެނުމަށް އިތުރު ކުރިއެރުން ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ މީގެ ތެރޭގައި ހިމެނޭ ކުޅިވަރާގުޅޭ ސާމާނުގެ ސަބަބުން ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމަށް ހެޔޮބަދަލެއް އައުމަށް މަގުފަހި ވެގެންދާނެކަންވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ތަޢުލީމީ ދާއިރާއަށް މިގޮތަށް ކުރެވޭ ހޭދައަކީ ހަމައެކަނި މާފުށީ ސްކޫލްގެ އިތުރުން އޭގެ ފައިދާ ދިގު މުއްދަތެއްގައި މުޅި ރަށަށްވެސް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެކަމަނާވަނީ، ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ފާހަގަކުރައްވައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދު އޮންނަ ގާތް އެކުވެރި ގުޅުމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު