ރާއްޖޭގެ މިސްކިތްތަކުގައި ސޯލާ ޕެނެލް ހަރުކުރަން ބޭނުންވާ ފަންނީ އެހީތެރިކަން ސްޓެލްކޯއިން ހޯދަން މަޝްވަރާކޮށްފިއެވެ.
މިކަމަށް މަޝްވަރާ ކުރައްވާފައިވަނީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ އާއިއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ އާއިއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސޯލާ ޕެނެލް ހަރުކުރުމުގެ އިތުރުންވެސް މިސްކިތްތަކަށް ބޭނުންވާ ސްޓެލްކޯއާއި ގުޅުން ހުރި ކަންކަމުގައި ސްޓެލްކޯގެ ފަންނީ އެހީތެރިކަން ހޯއްދެވުމަށްވެސް ވަނީ މަޝްވަރާކުރައްވައިފައެވެ.
މެނޭޖިންގ ޑިރެކްޓަރ @u09HussainFahmy މިއަދު ވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، @Mohamedshaheem1 އާއި ބައްދަލުކުރައްވާފައި. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝަހީމް ވަނީ މިސްކިތްތަކާއި ދީނީ އެކިއެކި މުއައްސަސާތަކުގައި ސޯލާ ޕެނަލް ހަރުކުރުމާއި މިނިސްޓްރީއަށް ފަންނީ އެހީ… pic.twitter.com/RPqWJBRLBs
— STELCO (@STELCOMALDIVES) February 7, 2024
ވަޒީރު ޑރ. ޝަހީމް އިއްޔެ ވިދާޅުވެފައިވަނީ އަލަށް އިމާރާތް ކުރާ މިސްކިތްތަކުގެ އަސާސީ ކަމެއްގެ ގޮތުގައި މަޝްރޫޢުގެ ތެރެއިން، މިސްކިތް ނިމޭއިރު ސޯލާ ޕެނަލް ހަރުކުރުމަކީ މަޝްރޫޢުގެ ބައެއްގެ ގޮތުގައި މިއަހަރުން ފެށިގެން ކުރިއަށްދާނެ ކަމަށާއި މިކަމުގެ ސަބަބުން މިސްކިތްތައް އޭސީކުރަން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.