7 ފެބުރުވަރީ 2025

އޭޝިއަންކަޕް ފައިނަލުގެ ދެވަނަ ޖާގަ ޤަތަރަށް

އޭއެފްސީ އޭޝިއަން ކަޕުްގެ ސެމީފައިނަލް ދެވަނަ މެޗުގައި ޤަތަރާއި އިރާން ބައްދަލުކޮށް 3-2 ގެ ނަތީޖާއަކުން ޤަތަރު ކާމިޔާބުކޮށްފިއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ އީރާނުންނެވެ. 4 ވަނަ މިނެޓުގައި މި ލަނޑު އިރާން އަށް ކާމިޔާބުކޮށްދިނީ ސަރްދާރް އަޒްމޫންއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޤަތަރުން ވަނީ އިތުރަށް ދެ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އެގޮތުން 17 ވަނަ މިނެޓުގައި ޤަތަރުގެ ފުރަތަމަ ލަނޑު ޖަހާފައި ވަނީ އަކްރަމް އަފީފް ތަނަވަސްކޮށްދިން ފުރުސަތަކުން ޖަސަމް ގަބަރ އެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފަތްޙީ އަބްދުﷲ ފަހިކޮށްދިން ފުރުސަތަކުން އަކްރަމް އަފީފްއެވެ.

މެޗުގެ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ޖަހަންބަކްޝް އިރާންއަށް ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނިކޮށް، ޤަތަރު މެޗުން މޮޅުކޮށްދިން ލަންޑު އެޓީމަށް ކާމިޔާބުކޮށްދިނީ 82 ވަނަ މިނެޓުގައި އަލްމުއީން އަލީއެވެ.

މިއާއެކު ޤަތަރު ފައިނަލްގައި ބައްދަލުކުރަން ޖެހޭނީ ޖޯޑަންއާއެވެ. ޤަތަރާއި ޖޯޑަން ބައްދަލުކުރާ މެޗް އޮންއާއީ ފެބްރުއަރީ 10 ވަނަދުވަހުގެ ރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު