މީހަކު ރަހީނުކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކުރީ 35 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ އަންހެނެކެވެ.
ފުލުހުން މި ދެ މީހުންގެ މައްޗަށް ކުރަނީ ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި ބިރުދެއްކުމާއި ފޭރުމުގެ ތުހުމަތެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 10 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ގާޒީ މުޙައްމަދު މިޞްބާޙް ވަނީ އަމުރުކުރައްވައިފައެވެ.
ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އެ ދެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ބެލެވޭ ހެކި ފުލުހުން ވަނީ ހުށަހަޅައިފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ގާޒީގެ ނަން ޖެހިއިރު ކީއްވެބާ ހައްޔަރު ކުރިމިމީހުންގެ ނަން ޖަހަން ނުކެރުނީ