Wednesday, 19 June 2024

ސަރުކާރުންދޭ ހަނޑުލާއި ފުށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވާން ހުޅުވާލަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުށް ބަހަން ނިންމާފައިވާތީ، އެ ތަކެތި ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވާން ހޯމަ ދުވަހު ހުޅުވާލާނެ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން  ހަނޑުލާއި ފުށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމަށްޓަކައި އަންނަ ހޯމަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށާއި ޕޯޓަލް މެދުވެރިކޮށް ފަސޭހައިން ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މިދިޔަ މަހުގެ 13 ވަނަ ދުވަހު ރައީސް ވިދާޅުވީ ދިވެހިންނަށް ބޭނުންވާ ހަނޑުލާއި ހަކުރު އަދި ފުށް އެތެރެކުރަން އިންޑިއާ އަށް ބަރޯސާ ނުވެ، ތުރުކީން ވެސް ކާޑުގެ ބާވަތްތައް ގެންނަން އެ ގައުމާއެކު އެއްބަސްވެފައިވާ ކަމަށެވެ. އަންނަ އަހަރު އެ އަދަދު އިތުރުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރޯދަމަހަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ގެޔަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ބަހަން ރައީސް ނިންމެވިކަން އިޢުލާންކުރެއްވިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ގޭބިސީތަކުގައި އުޅޭ މީހުން، މި މަހުގެ 25 ގެ ކުރިން ނަންނޯޓު ކުރުމަށެވެ. އަދި ނަން ނޯޓުކުރުމަށް އޮންލައިން ފޯމަކާ އެކު ކުރި އިއުލާނު ހަމަ އިއްޔެ ވަނީ ބާތިލްކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، އެ އިއުލާން ބާތިލްކުރީ ފޯމު މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށްވުރެ ފަސޭހަ ގޮތަކަށް އެކަން ކުރެވޭނެ ގޮތް ހެދުމަށްކަމަށާއި، ރަޖިސްޓްރީ ވުމަށް ޕޯޓަލެއް ތައްޔާރު ކުރަމުން އަންނަ ކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ރަޖިސްޓްރީވެގެން ކިޔާ އާދޭސް ކޮށްގެން ތިވަރުގެ ކުޑައެއްޗެއް ހޯދާކަށް އަދި ނުވިސްނަން. އަދި އެފެންވަރަކަށް ނުވެއްޓޭ. އެފެންވަރަށް ޙާލަތު ވެއްޓޭދުވަހަކުން ތިކަމާ އުޅޭނީ. ރަޖިސްޓްރީވެގެން ހޯދާނަމަ އެއީ އެންމެންނަށް ދެވޭ އެއްޗަކަށް ނުވާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު