7 ފެބުރުވަރީ 2025

މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ޚާއްސަ ޙަފްލާއެއް ބާއްވައިފިއެވެ.
މި ހަފުލާ ޝަރަފުވެރިކޮށް ދެއްވީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ނިޝާން އިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދުއެވެ. މިޙަފުލާ ބާއްވާފައިވަނީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ.
މި ހަފުލާގައި އިދާރީ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ހަނދާނީ ލިޔުމާއި ހަނދާނީ ފިލާ އަދި ހިދުމަތުގެ ލޯ މެޑަލްއާއި ރިހި މެޑަލް އަދި ރަން މެޑަލް ވަނީ ދީފައެވެ. އެގޮތުން އަލަށް ވަތް މުވައްޒަފުންނާއި ފަސް އަހަރުނުވާ މުވައްޒަފުންނަށް ޕީޕަލްސް މަޖިލިސް ރެކްރިއޭޝަން ކްލަބް (ޕެމާ)ގެ ފަރާތުން ޝުކުރުގެ ޓޯކަންއެއް ދީފައިވާއިރު ފަސް އަހަރާއި 10 އަހަރާއި ދެމެދު ހިދުމަތުގައި ތިބި މުވައްޒަފުންނަށް މަޖިލީހުން ދޭ ހަނދާނީ ލިޔުން ވަނީ ދީފައެވެ.
ހަމައެހެންމެ، 10–15 އަހަރާ ދެމެދު ހިދުމަތުގައި ތިބި މުވައްޒަފުންނަށް މަޖިލީހުގެ އިދާރާއިން ދޭ ހަނދާނީ ފިލާ އާއި 15 – 20 އަހަރާ ދެމެދު ހިދުމަތުގައި ތިބި މުވައްޒަފުންނަށް މަޖިލީހުގެ އިދާރާއިން ދޭ ހިދުމަތުގެ ލޯ މަޑަލް އަދި ހަނދާނީ ލިޔުންވެސް ވަނީ ދީފައެވެ. އަދި 20 – 25 އަހަރާ ދެމެދު ހިދުމަތުގައި ތިބި މުވައްޒަފުންނަށް މަޖިލީހުގެ އިދާރާއިން ދޭ ހިދުމަތުގެ ރިހި މަޑަލް އަދި ހަނދާނީ ލިއުން، 25 އަހަރުން މަތީ ހިދުމަތުގައި ތިބި މުވައްޒަފުންނަށް މަޖިލީހުގެ އިދާރާއިން ދޭ ހިދުމަތުގެ ރަން މަޑަލް އަދި ހަނދާނީ ލިޔުން ވަނީ ދީފައެވެ. ރޭގެ ހަފުލާގައި ޕެމާގެ ޝުކުރުގެ ޓޯކަން 58 މުވައްޒަފުންނަށް ދީފައިވާއިރު ހަނދާނީ ލިޔުން 7 މުވައްޒަފުންނަށް ހަނދާނީ ފިލާ 34 މުވައްޒަފުންނަށް، ލޯ މެޑަލް 57 މުވައްޒަފުންނަށް، ރިހި މެޑަލް 10 މުވައްޒަފުންނަށް އަދި ރަން މެޑަލް ފަސް މުވައްޒަފުންނަށް ވަނީ ދީފައެވެ.
މި ޙަފްލާ އިންތިޒާމްކޮށް ބޭއްވީ ރައްޔިތުންގެ މަޖިލީހުގެ ސޯޝަލް ކްލަބާއި، ޕީޕަލްސް މަޖިލިސް ރެކްރިއޭޝަން ކްލަބް (ޕެމާ) އިންނެވެ. މި ޙަފްލާގައި ސާދަތިރީސް އަށެއް ބޮޑުބެރު ގްރޫޕްގެ ބޮޑުބެރާއި ދަ ޓައިމްގެ ނެށުންތައް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ. މި ހަފުލާއާ ގުޅެ ގޮތުން ވާހަކަ ދައްކަވަމުން ޕެމާގެ ރައީސް އަދި މަޖިލީހުގެ ޑިރެކްޓަރ އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަން ހަސަން ޒިޔާއު ވިދާޅުވީ މިއީ 12 އަހަރުފަހުން މަޖިލީހުގެ އިދާރީ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް މި ގޮތަށް ބޭއްވި ހަފްލާއެއް ކަމަށެވެ.
ޕެމާއިން މިފަދަ ހަފްލާއެއް ބޭއްވުމުގެ މަގުސަދަކީ މުވައްޒަފުންކުރާ ބުރަ މަސައްކަތް ފާހަގަކޮށް އެބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަންކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު