އުނގޫފާރު: އިތުރު 3 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ

ރ. އުނގޫފާރުގެ ފަޅުތެރެއިން އިތުރު 3 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށްގެންދަވާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ރ.އުނގޫފާރު، ދުލިހުރާގޭ، އަޙްމަދު ޝިޔާމް، ކުރި ސުވާލުގައިވަނީ އުނގޫފާރުގެ ފަޅުތެރެއިން ބިން ހިއްކެން އޮތް ވަރަކަށް ބިން ހިއްކައިދޭނެ ކަމަށް ރިޔާސީ ކެމްޕެއިންގައި ރައީސްގެ ވައުދުވެފައިވާ ކަމަށާއި އެހެންނަމަވެސް ބިން ހިއްކަމުން ދަނީ ކުރިންވެސް ހިއްކަން ހަމަޖެހިފައިވާ ވަރަށް ކަމަށްވާތީ އެކަމާއި ކަންބޮޑުވާކަމަށެވެ.

އޭނާގެ ޝިޔާމްގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ހިއްކެން އޮތް އެންމެ ބޮޑަކަށް އުނގޫފާރު ފަޅުތެރެއިން ހިއްކުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އިތުރު ތިން ހެކްޓަރުގެ ބިން އެރަށުގެ ފަޅުތެރެއިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. 

"އަޅުގަނޑު ވީ ވައުދެއް ވިއްޔާ ވައުދުވީ ގޮތަށް، އެކަންކޮށްދޭނަން، ވައުދުވިން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކަދޭނެ ކަމަށް، މިހާރު ސްކޯޕްގައި އޮތް ވަރަށް ވުރެއް އިތުރު 3 ހެކްޓަރުގެ ބިން ހިއްކީމައި، ފަޅުތެރެއިން ހިއްކަން އޮތްއެންމެ ބޮޑަކަށް ހިއްކޭ،" ރައީސް ވިދާޅުވިއެވެ.

އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ އެމްޓީސީސީންނެވެ. އެކުންފުންޏާ މިމަސައްކަތް ހަވާލުކުރީ 2021ވަނަ އަހަރު ނަމަވެސް އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މަސްތެރޭގައެވެ.

މި މަޝްރޫޢުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމަށް 1150 މީޓަރުގެ ރިވެޓްމަންޓަކާއި 75 މީޓަރުގެ ހުރަސް ތޮށިލުމަށްވެސް ވަނީ ހަމަޖެހިފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު