ރައީސް ނަޝީދު ވަކިކުރެއްވުމުން، މަޖިލިސް ރައީސްކަން ކުރައްވާ މުޙައްމަދު އަސްލަމް

ސުޕްރީމް ކޯޓުގެ އަމުރަށް އަމަލު ނުކުރަން މަޖިލީހުން ނިންމައިފި

ސުޕްރީމް ކޯޓުގެ އަމުރަށް އަމަލު ނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ނިންމާފައިވަނީ މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ މެދުގައި ބަހުސް ކުރެއްވުމަށްފަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމާއި ގުޅޭގޮތުން މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް އަންގައި ސުޕްރީމް ކޯޓުން އަމުރެއް ނެރުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެގޮތަށް އަމުރު ނެރުއްވީ އެ އިސްލާހުތަކަކީ ޤާނޫނު އަސާސީއާ ޚިލާފު އިސްލާހުތަކެއްކަމަށް ވިދާޅުވެ، ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

ޖަލްސާ ފެއްޓެވުމުގެ ގޮތުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލިސް ހިންގާނެ ގޮތް އެނގޭނީ މަޖިލީހުގެ މެންބަރުންނަށް ކަމަށާއި ގޮތެއް ނިންމާނީ މެންބަރުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

ޖަލްސާ ފެށުމުގެ ގޮތުން ކޯޓު އަމުރާއެކު މަޖިލީހުގެ މެންބަރުން ގުނުމުގައި ގޮތެއް ކަނޑައެޅުމަށް ބަހުސަށް ހުޅުވާލެއްވިއެވެ.

މިކަމާ ގުޅޭގޮތުން ބަހުސް ކުރެއްވުމަށްފަހު ވޯޓަށް ވަނީ އަހާފައެވެ. އެ ވޯޓުގައި ފާސްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ އަމުރަށް އަމަލު ނުކުރެއްވުމަށެވެ. އެގޮތުން، މެންބަރުންގެ އަދަދަކީ 80 ކަމަށް ކަނޑައެޅުމަށް ފާސްކުރައްވާފައިވަނީ 45 މެންބަރުންގެ ވޯޓުންނެވެ.

19 ވަނަ މަޖިލީހުގައި ތިއްބަވަނީ 87 މެންބަރުންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޒީރުންގެ މަޖިލީހަށް އޭރު މަޖިލީހުގައި ތިއްބެވި 6 މެންބަރުން އައްޔަން ކުރެއްވުމާއެކު އެ ގޮނޑިތައް ވަނީ ހުސްވެފައެވެ. އަދި ނައިބު ރައީސް ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރުކަމުގައި ހުންނެވި ހުސައިން މުޙައްމަދު ލަތީފު އިންތިޚާބުވެވަޑައިގަތުމުން އެގޮނޑި ވެސް ވަނީ ހުސްވެފައެވެ.

މަޖިލިސް އިންތިޚާބަށް 6 މަހަށްވުރެ މަދު ދުވަސްކޮޅެއް އޮއްވައި، ގޮނޑިތައް ހުސްވުމުން އެ ގޮނޑިތަކުގެ ބައި-އިލެކްޝަން ނުބޭއްވޭނެއެވެ. އެހެންވެ، މެންބަރުންގެ ޖުމްލަ އަދަދު ގުނާއިރު އެ 7 ގޮނޑި ނުހިމެނުމަށް ގަވާއިދަށް ވަނީ އިސްލާހު ގެނެސްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އަސްލަމޫ މިފަހަރު ރައީސު ކަމުގެ ބަނގުޑި ނުބައްދާދޫނުކުރެއްޗޭ!އެންޑީޕީކުދިންކޮޅު ލަދުހަޔާކުޑަވިއަސް ތީވަރެއްނޫނ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު