7 ޑިސެންބަރު 2024

އަޒާންގެ ކެންޑިޑެސީ ފޯމު ހުށަހަޅައިފި

ސަރުކާރު ހިންގާ ޕީޕީއެމް ޕީއެންސީގެ ފަރާތުން ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާއަށް ވާދަކުރައްވާ އަހްމަދު އަޒާންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފިއެވެ.

އީސީއަށް އަޒާން ފޯމު ހުށަހަޅާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ފޯމު ހުށަހެޅިތަނަށް އަޒާންއަށް ތާއީދު ކުރާ އައްޑޫ ސިޓީގެ ގިނަ ބަޔަކު ގޮސްފައިވެއެވެ.
އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާއަށް ވާދަކުރާ އަޒާންގެ ފޯމު އީސީއަށް ހުށަހަޅާފައިވާއިރު އެ ދާއިރާގެ އެންމެ ފުރަތަމަ ފޯމު ހުށަހަޅާފައިވަނީ އަޒާންކަން ފާހަގަކޮށްލެވެއެވެ.

ހަމައެހެންމެ، ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާއަށް ވާދަކުރާނެކަމަށް މިހާތަނަށް އިއުލާނުކޮށްފައިވަނީ އެމްޑީޕީގެ ފަރާތުން އައްޑޫ ސިޓީގެ މިހާރުގެ ޑެޕިއުޓީ މޭޔަރު ޝުއާއު އަދި ޑިމޮކްރެޓްސްގެ ފަރާތުން މިހާރުގެވެސް ރައްޔިތުން މަޖިލީހުގެ އެދާއިރާގެ މެންބަރު އަހްމަދު ރަޝީދުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު