22 އެޕްރީލް 2025

ރިކޯޑު އަދަދަކަށް ޗައިނާގެ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

މި އަހަރުގެ މިހާތަނަށް ޗައިނާއިން އެކަނި ރާއްޖެއަށް 35،000 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު އާއްމުކޮށްފައިވާ އަހަރުގެ ފުރަތަމަ 41 ދުވަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ.

ފެބުރުވަރީ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޤައުމުން ރާއްޖެއަށް 35،654 ފަތުރުވެރިން އައިސްފައި ވެއެވެ. އެ ލިސްޓުގެ ދެވަނައިގައި އޮތް އިޓަލީން ރާއްޖެއަށް 26،259 ފަތުރުވެރިން އައިސްފައިވާއިރު، ލިސްޓުގެ ތިން ވަނައިގައި އޮތް ރަޝިޔާއިން ރާއްޖެއަށް 25،838 ފަތުރުވެރިން އައިސްފައި ވެއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 269،588 ފަތުރުވެރިން އައިސްފައިވާއިރު، އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ކިޔާއިރު 16.4 އިންސަައްތައިގެ ކުރިއެރުމެކެވެ.

މިހާރު ރާއްޖެއަށް އެވްރޭޖް ގޮތެއްގައި ދުވާލަކަށް 6،500 އަށްވުރެ ގިނަ ފަތުރުވެރިން އަންނައިރު، ދުވާލެއްގެ މައްޗަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން އަންނަން ވަނީ ފަށައިފައެވެ. މިގޮތުން އިއްޔެ 10،213 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައިވެސް އެއް ދުވަހެއްގެ ތެރޭގައި މިހާ ގިނަ އަދަދަކަށް ފަތުރުވެރިން އައި ދުވަހެވެ.

ރާއްޖޭގައި މިހާރު 180 ރިސޯޓެއް އޮަޕަރޭޝަނަށް ވަނީ ގެނެސްފައެވެ. އަދި 15 ހޯޓަލަކާއި، 816 ގެސްޓްހައުސްއެއް އޮޕަރޭޝަނަށް ގެނެސް ހިންގަމުން ދެއެވެ.

މި އަހަަރު ރާއްޖެއަށް ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަމާޒުހިފާފައިވާކަން ފާހަގަކޮށްލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު