މޫސުން ގޯސްވުމުގެ ސަބަބުން މ.އަތޮޅުން ފެށިގެން ފުވައްމުލައް ސިޓީއަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން އެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު 11:00 އިން 15:00 އަށެވެ.
ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހަވީރު 16:00 އާ ހަމައަށް ނ.އަތޮޅުން ފެށިގެން ވ. އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.
މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ބޯކޮށް ވާރޭވެހެނެތީއާއި ކަނޑުތައް ގަަދަވާނެތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.