ފްލެޓުގެ އަވާގައި ޖައްސައި، އޮޅުވާލައިގެން އެކައުންޓުން 500،000ރ. ނަގައިފި

ފްލެޓެއް ލިބުނު ކަމަށް ބުނެ އޮޅުވާލައިގެން އެކައުންޓުން 500،000ރ. ނަގައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ ފުލެޓް ލިބިފައިވާކަމަށް ބުނެ އޯޓީޕީ ހޯދައިގެން 500،000 ރުފިޔާ މަކަރާއި ހީލަތުން ބަޔަކު ހޯދާފައިވާ ކަމަށެވެ.

އަދި ބުރަ މަސައްކަތުން ހޯދާ ފައިސާއަށް ރައްކާތެރިވެ ލައްވާ! މިފަދަ ހީލަތްތެރިންގެ ޝިކާރައަކަށް ވެ ނުލައްވާ! ‏ފުލެޓް ކަށަވަރު ކުރުމަށް އެއްވެސް އިދާރާއަކުން އޯޓީޕީއެއް ނުފުނުވާނެ،" އާންމުން ހޭލުންތެރިވުމަށް ނަސޭހަތްތެރިވަމުން ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައިވެއެވެ.

މިގޮތަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފްލެޓް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ އަތުލަމުންދާއިރު، މިދިޔަ ބުރާސްފަތިދުވަހު ގއ. ވިލިނގިލީ މީހެއްގެ އެކައުންޓުން ވެސް 200،000ރ. ނެގި މައްސަލައެއް ފެންމަތިވެފައިވެއެވެ.

އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެއެވެ.

ފުލުހުންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އެކި ކަހަލަ ސްކޭމްތަކުގެ މައްސަލާގައި މީހުންގެ އަތުން 57 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު