29 އެޕްރީލް 2025

"ފަންނީ އުފާ" ހަރަކާތް އަންނަ ހުކުރު ދުވަހު ފަށަނީ

ޒުވާނުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ކުރިއަށްގެންދާ "ފަންނީ އުފާ" ހަރަކާތް އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.

މިކަން އިއުލާންކޮށްފައިވަނީ މިކަމަށް ހާއްސަކޮށް ރޭ ސޯޝަލް ސެންޓަރުގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ޕްރެސްކޮންފަރެންސްގައި "ފަންނީ އުފާ"ގެ ލޯގާ ވަނީ ދައްކާލާފައެވެ.

އެ މިނިސްޓްރީ ވިދާޅުވި ގޮތުގައި، ފަންނީ އުފާއަކީ ޒުވާނުންނަށް އަމާޒުކޮށްގެން ފަންނުގެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުމަށް އަދި އެފަރާތްތަކުގެ ހުނަރު ގިނަ ބަޔަކަށް ދައްކާލުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކެވެ.

މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ 16 ފެބްރުއަރީ 2024، ވާ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި 20:30 އިން 23:00 އަށް ސޯޝަލް ސެންޓަރުގައެވެ.

މި ޕްރޮގްރާމުގެ ތެރެއިން މުޖުތަމައުގައި މިހާރު ނެތުމުން އަންނަ ދިވެހި ސަގާފަތް ކުރިއަރުވައި އާލާކުރުމަށްޓަކައި އެކުވެރި އުފާވެރި މާހައުލެއްގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.

މި ހަރަކާތަށް ޒިޔާރަތްކޮށްލުމުން، ޒުވާނުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އެކްސްޕޯޝާރ އަކަށް ވެގެންދާނެ ކަމަށާއި، އަދި މިއީ ޒުވާނުންގެ ހުނަރު ދައްކާލުމަށް ވަރަށް ބޮޑު ޕްލެޓް ފޯމެއް ކަމަށާއި، ޒުވާނުން އެއްތަނަކަށް އެއްވެލާ މަޖާ، ހިތްގައިމު މާހައުލެއްގައި ވަގުތު ހޭދަކޮށްލުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މިއީ ސިލްސިލާކޮށް ކޮންމެ މަހަކު އެއް ފަހަރު އޮންނަ ހަރަކާތެކެވެ. މި ހަރަކާތް މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު