ޗެމްޕިއަންސްލީގު ރައުންޑްއޮފް 16ގެ ފުރަތަމަ މެޗު ރެއާލްމެޑްރިޑް ކާމިޔާބުކޮށްފި

އޫއެފަރ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16ގެ ފުރަތަމަ މެޗު ލިޕްޒިންގް އާއި ވާދަކޮށް 1-0 ގެ ނަޓީޖާއަކުން ރެއަލްމެޑްރިޑް ކާމިޔާބުކޮށްފިއެވެ.

ރެޑްބުލް އެރީނާގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓޓީމު ކުރެ އެއްވެސް ޓީމަކަށް ނަތީޖާ އަނބުރާލެވޭގޮތް ވަނީ ނުވެފައެވެ. ރެއާލްގެ ފުރަތަމަ ލަނޑު މެޗުގެ 48 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑެނީ ކާވަހާލް ތަނަވަސްކޮށްދިން ފުރުސަތަކުން ބްރަހިމް ޑިއާޒްއެވެ.

މިސީޒަންގެ ޗެމްޕިއަންސް ލީގުގެ މެޗަކުން ރެއާލް ބަލިވެފައި ނުވާއަރި، ރެއާލްގެ ދަނޑުގައި ދެވަނަ ލެގުގެ މެޗުގެ ކުޅުން އޮންނާނީ މާރިޗު 7 ވަނަ ދުވަހުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު