އޫއެފާ ޗެމްޕިއަންސްލީގް ރައުންޑް އޮފް 16 ގައި މެންޗަސްޓަރ ސިޓީ އަދި އެފްސީ ކޯޕަންހޭގަން ބައްދަލުކުރިމެޗު 3-1 ގެ ނަތީޖާއަކުން މެންޗަސްޓަރ ސިޓީ ކާމިޔާބުކޮށްފިއެވެ.
އެފްސީ ކޯޕަންހޭގަންގެ ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ސިޓީއިންނެވެ. މި ލަނޑް 10 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފިލް ފޯޑަން ތަނަވަސްކޮށްދިން ފުރުސަތަކުން ކެވިން ޑިބްރޮއިނާ އެވެ. 34 ވަނަ މިނެޓުގައި މެޓްސަންގެ ލަނޑަކާއި އެކު ކޯޕަންހޭގަން އިން ނަތީޖާ އެއްވަރު ކުރި ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އަނެއްކާވެސް ސިޓީއަށް ލީޑު ނަގައިދިނީ 46 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާ އެވެ. އަދި މެޗުގެ ނިމެން ގާތްވެފައި ވަނިކޮށް ސިޓީގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 92 ވަނަ މިނެޓުގައި ފިލް ފޯޑެންއެވެ.
މިދެޓީމު ބައްދަލުކުރާ ރައުންޑް އޮފް16 ގެ ދެވަނަ މެޗު އޮންނާނީ މާރިޗު 7 ވަނަ ދުވަހުގެ ރެއެވެ.