Thursday, 25 July 2024

"ރައްކާތެރި ވިޔަފާރިވެރިއެއް" ނަމުގައި ގދ. ވާދޫގައި ޕްރޮގްރާމެއް ހިންގައިފި

މަކަރާހީލަތުގެ މައްސަލަތަކުން ގދ. ވާދޫ ރައްޔިތުން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމަށް ވާދޫ ޕޮލިސް ސްޓޭޝަނުން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން "ރައްކާތެރި ވިޔަފާރިވެރިއެއް" ގެ ނަމުގައި ގދ. ވާދޫގައި ޕްރޮގްރާމެއް ހިންގައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، ވާދޫގެ އެކި ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި، މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުން އާންމުކޮށް ދައްކާ ވާހަކަތަކާއި ބޭނުންކުރާ އުކުޅުތައް ބުނެދީ އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތާއި، ފިހާރަތަކުން ވައްކަންކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދި އޮންލައިންކޮށް ފައިސާދައްކާފައި ފޮނުވާ ސްލިޕަކީ ސައްހަ ސްލިޕެއްތޯ ކަށަވަރުކުރުމަށާއި ފައިސާ އެކައުންޓަށް ޖަމާވިތޯ ޔަގީން ކުރުމަށާއި އެކި ޕްރޮމޯޝަންތަކުގެ ނަމުގައި ގުޅައި އީމެއިލް އަދި ޕާސްވޯޑް ދިނުމަށް އެދުނުކަމުގައިވިޔަސް ހިއްސާނުކުރުމަށާއި އެފަދަ ކަމެއް ދިމާވެއްޖެނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން ވިޔަފާރި ބަންދުކުރުމަށްފަހު ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށާއި ފިހާރަ ރަނގަޅަށް ތަޅުލެވިފައިހުރިތޯ ޔަގީންކުރުމަށާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދުދީފައިވެއެވެ.

މި ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި އެރަށުގެ 14 ފިހާރައަށް ޒިޔާރަތްކޮށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު