މި ސަރުކާރުގެ ވަޒީރުންނަކީ ރެއާ ދުވާލުގެ ވަޒީރުން: ވަޒީރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަކީ ރެއާ ދުވާލުގެ ވަޒީރުން ކަަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

1445 ވަނަ އަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ވިދާޅުވީ، މިހާރު ގަބޫލު ކުރެވޭގޮތުގައި ދައުލަތުގެ ވަޒީރުންނަކީ ރެއާ ދުވާލުގެ ވަޒީރުން ކަަމަށެވެ.

ހަގީގަތުގައި މި ހުރިހާ ރޫހެއް ދިރިގެން، އަދި ހުރިހާ އެކުލެވުމަށް ގައުމަށް އަންނަ ސަބަބަކީ ރައީސް ޑރ. މުއިއްޒު ކަަމަށާއި، އަދި އެމަނިކުފާނު ރާއްޖޭގެ ގައުމިއްޔަތު ދިރުވާ އާލާ ކުރެއްވުމަށްޓަކައި ފައްޓަވާފައިވާ މަޝްރޫއުއާއި، ގައުމީ ކަންކަމުގައި އެމަނިކުފާނު ދެއްވާ އިސްކަަމަކީ، އެކަމުގެ ސަބަބުން އެކަންކަމާއި ގުޅިފައިވާ ހަރަކާތްތަކަށް ވަަރަށް ބޮޑު ހަލުވިކަމެއް އަންނަ ކަމެއް ކަމަށް ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ޝަހީދުންގެ ދުވަސް ފަދަ ދުވަސްތައް އެ ގައުމެއްގައި ފާހަގަކުރަނީ ވަރަށް މުހިންމު ސަބަބުތަކަށްޓަކައި ކަމަށެވެ. އެއީ އެ ގައުމެއްގެ ދެމި އޮތުމަށްޓަކައި ފާހަގަކުރާ ދުވަހެއް ކަަމަށާއި، އެ ގައުމެއްގެ ސަލާމަތް ރައްކާތެރި ކުރުމަށްޓަކައި ފާހަގަކުރާ ދުވަހެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ނަސީރު ވިދާޅުވިގޮތުގައި، ވަޒީރުންގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ރާއްޖެ ސަލާމަތުން އޮަންނަން ބޭނުންވުން ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކަށް ރާއްޖެ ރައްކާތެރިކަން މަތީގައި ބާއްވަން ބޭނުން ވުމެވެ.

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އެއްކަލަ …. ކޮންމެ ވެސް އެއްޗެއް ކިޔައިފި
    ދެން ތަނެއް ދޮރެއް ވެސް ނޭގޭ ގަމަރެއް
    ލީމާ ވާނީ މިހެން
    މަޖިލިސް ވެސް ކަނޑުކޮހީ
    މީނަމީ ރުހުން ވެސް ދޭންޖެހޭ މީހެއް ނޫން
    ޝަރުޔު ހަމަނަ މީހެއް މެންބަރުކަމް
    މަސްޓަރ ވެސް ނުނިންމާ ނިންމި ކަމަށް ބުނީ
    ކޮން ހަލަަ ގޮލައެއް ބާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ