ރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލުވާލަން ފިލާތިބެ ބަޔަކު މަސައްކަތްކުރަނީ އިންތިޒާރުކުރި ގޯސް ހާލަތަށް ރާއްޖެ ވައްޓާނުލެވުމުން ސިޔާސީގޮތުން މާޔޫސްވެގެން ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، ރާއްޖެ ވަކިޕްރޮގްރާމެއްގައި ބައިވެރިވާކަށްނުޖެހޭ ކަމަށާއި، އިޤްތިޞާދީޙާލަތު އަންނަނީ ކުރީން ލަފާކުރި ވަރަށް ވުރެންވެސް ބާރަށް ރަނގަޅުވަމުން ކަމަށެވެ.
"ރާއްޖޭގެ މާލީނިޒާމްގެ އިތުބާރު ގެއްލުވާލަން ފިލާތިބެ ބަޔަކު މަސައްކަތްކުރަނީ އިންތިޒާރު ކުރި ގޯސް ހާލަތަށް ރާއްޖެ ވައްޓާނުލެވުމުން ސިޔާސީގޮތުން މާޔޫސްވެގެން. ރާއްޖެ ވަކިޕްރޮގްރާމެއްގައި ބައިވެރިވާކަށްނުޖެހޭ. އިޤްތިޞާދީޙާލަތު އައްނަނީ ކުރީންލަފާކުރިވަރަށްވުރެންވެސް ބާރަށް ރަނގަޅުވަމުން." މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެމާލީނިޒާމްގެ އިތުބާރުގެއްލުވާލަން ފިލާތިބެ ބަޔަކު މަސައްކަތްކުރަނީ އިންތިޒާރުކުރިގޯސްހާލަތަށް ރާއްޖެވައްޓާނުލެވުމުން ސިޔާސީގޮތުން މާޔޫސްވެގެން.
ރާއްޖެވަކިޕްރޮގްރާމެއްގައި ބައިވެރިވާކަށްނުޖެހޭ. އިޤްތިޞާދީޙާލަތު އައްނަނީ ކުރީންލަފާކުރިވަރަށްވުރެންވެސް ބާރަށް ރަނގަޅުވަމުން
— Mohamed Saeed (@em_saeed) February 15, 2024
މިނިސްޓަރު ވިދާޅުވި ގޮތުގައި، މާލީ އުނދަގޫ ހާލަތުން އަރައިގަނެ ކުރިއަށް ދާން ފިޔަވަޅުތައް އަޅާތީ، އިގްތިސާދު ދާނީ ކުރިއަށެވެ. ސައީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު 5.5 ޕަސެންޓުގައި ކުރިއަށް ދާއިރު، ރާއްޖެ އަންނަ ޓޫރިސްޓުން ވެސް އިތުރުވަމުން އަންނަ ކަމަށެވެ.
އެހެންވެ، އިޤްތިސާދު ހަމަޔަކަށް އެޅުވޭނެ ކަމުގެ ޔަގީންކަން މި ސަރުކާރަށް އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ދަރަނި މި ވަގުތު ހުރީ 124 ބިލިއަން ރުފިޔާގައެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 100 ޕަސެންޓަށް ވުރެ މަތީ އަދަދެކެވެ. ދަރަނީގެ އިތުރުން، މާލީ ހާލަތު ހަމަޔަކަށް އެޅުވޭނީ، ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅައިގެން ކަމަށް އިގްތިސާދީ މާހިރުން ފާހަގަކުރައްވަ އެވެ. އެހެންވެ، މި އަހަރުގެ ބަޖެޓުގައި ވެސް ވަނީ ސަބްސިޑީ ރިޕޯމު ކުރުމަށް މުހިއްމު ފިޔަވަޅުތައް އެޅުމަށް ޕްލޭން ކޮށްފަ އެވެ.