23 އެޕްރީލް 2025

ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އެލަވަންސް ދޭން، އެލްއާރްއޭ އިން ހަނދާންކޮށްދީފި

ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އެލަވަންސް ދޭން، ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ)އިން ހަނދާންކޮށްދީފިއެވެ.

މިކަމާ ގުޅޭގޮތުން އެލްއާރްއޭއިން ބުދަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައި ވާ ގޮތުގެ މަތިން، ރޯދަ މަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް 3000 ރުފިޔާ ދޭންވާނެ ކަމަށެވެ.

އެލްއާރްއޭގެ އިއުލާނުގައި ވަނީ ވަޒީފާ ދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް ރޯދަމަހުގެ އިނާޔަތް ނުދޭކަމާއި، އިނާޔަތް ދިންކަމުގައި ވިޔަސް ގާނޫނުގައި ބަޔާންކޮށްފައިވާ ވަރަށް ދީފައި ނުވާކަން މީގެ ކުރިންވެސް ފާހަގަކުރެވިފައި ވާކަމަށެވެ.

އެހެންކަމުން، ވަޒީފާ ދީގެން މުވައްޒަފުން ގެންގުޅޭ ފަރާތްތަކުން 1445 ވަނަ އަހަރުގެ ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ މަހުގެ އިނާޔަތް ދިނުމަށް އެ އިދާރާއިން ހަނދާންކޮށްދޭކަމަށް އިއުލާނުގައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު